ޣައްޒާގައި ބަހާ ފުށުން ފެނުނު ބާރުގަދަ ބޭހަކީ ހައިހޫނުކަމުގައި ހުންނަ އިންސާނާގެ ބުއްދި އާ ކުޅެލާ އެއްޗެއް!
ޣައްޒާގައި އެމެރިކާ އަދި އިޒްރާއިލް އިން ބަހާ ގޮދަން ފުށުން ފެނުނު ޑްރަގްސް. ފޮޓޯ: އެކްސް

ޣައްޒާގައި ބަހާ ފުށުން ފެނުނު ބާރުގަދަ ބޭހަކީ ހައިހޫނުކަމުގައި ހުންނަ އިންސާނާގެ ބުއްދި އާ ކުޅެލާ އެއްޗެއް!

އިޒްރާއިލްއިން ޣައްޒާ ބަނޑަށް ޖައްސާ, އެހީ ލިބިގަތުމަށް ކިއުގައި ތިބޭ މީހުން ދަނީ ގަސްތުގައި މަރަމުން

6 hours ago - 13:22
Jun 29, 2025 - 13:28

އެމެެރިކާ އާއި އިޒްރާއިލްއިން އުފައްދާފައިވާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން ބަހަމުންދާ ފުށުން ފެންނަ ހުދުކުލައިގެ ކުދި ބޭސްގުޅަތަކަކީ އޮޕިއޮއިޑްސް ގެ އޮކްސީކޮޑޯން ކަމަށް ޣައްޒާގެ ސަރުކާރު މީޑިއާއިން ބުނެފިއެެވެ. 

ބާރުގަދަ ބޭހެއްކަމަށްވާ އޮކްސީކޮޑޯން އަކީ ގިނަ ދުވަސްވީ ބޮޑެތި ތަދުތަކަށް, ހާއްސަކޮށް ކެންސަރު ބަލީގެ މީހުންނަށް ލިޔެދޭ ބޭހެކެވެ. އެއީ އެހެން އެއްވެސް ބޭހަކަށް ނުގުޑުމުން ދޭ 'ޑްރަގް' ކެޓަގަރީގައި ހިމެނޭ, ބޭހަށް އަވަހަށް އަޅުދާސްވާ އެއްޗެކެވެ. 

 ބޭސް ބޭނުންކުރާތާ 72-24 ގަޑިއިރުތެރޭގައި ފުރާނައަށް ނުރައްކާވާ ވަރުގެ ބޮޑެތި މައްސަލަތައް ދިމާވެދާނެ މިބޭހަކީ ކާނާ ނުލިބުމުގެ ސަބަބުން ހައިހޫނު ކަމުގައިވާ އިންސާނާގެ ބުއްދިއަށް އަސަރުކުރުވާ ވަރުގެ ބާރުގަދަ ބޭހެކެވެ. މީގެ އިތުރުން ނޭވާލާން އުނދަގޫ ވުމާއި ހެއަށް ގޮތްވެ, ވިސްނުމަށް އަސަރުކުރާ ކަންކަން ވެސް ދިމާވާކަމަށް ވެސް ސިއްހީ ތަޖުރިބާކާރުން ބުނެފައި ވެއެވެ. 

އިޒްރާއިލްއިން ޣައްޒާ އިންސާނީ އެހީއަށް ބަންދުކޮށްފައި އޮންނަތާ ތިން މަސްވާން ދަނިކޮށް ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ފާޑުކިޔުންތަކާއެކު މަދު އަދަދެއްގެ އިންސާނީ އެހީ ޣައްޒާއަށް ވަނުމަށް އިޒްރާއިލްއިން ހުއްދަ ދިންއިރުވެސް ޣައްޒާ އޮތީ ބަނޑަށްޖެހިފައެވެ. ހައިހޫނުކަމުގެ ހާލަތަށް އަދިވެސް އެއްވެސް ބަދަލެއް ނާއްނައިރު ފާއިތުވި 21 މަސްދުވަހުގެ ތެރޭގައި އެކަށީގެންވާ ކާނާ ނުލިބި 17,000ށްވުރެ ގިނަ ކުޑަކުދިން އެކި ބަލިތަކުގައި އެޑްމިޓްކޮށްފައިވާ ކަމަށް ޔުނިސެފްއިންވެސް ވަނީ ބުނެފައެވެ.

Advertisement
Advertisement

"އަަހަރެމެން ޑޮކިއުމެންޓްކޮށްފިން މިކަން ދިމާވި ހަތަރު މީހެއްގެ ހާދިސާ. އެ އެންމެންނަށްވެސް ފުށްބަސްތާތަކުން ވަނީ އެ ބޭސްގުޅަތައް ފެނިފައި. ގަބޫލުކުރެވެނީ މިއީ ފުށުގެ ތެރެއަށް ވިރުވާލުމަށް ގަސްތުގައި ފުށާ އެއްކޮށްފައިވާ ބޭސްތަކެއް ކަމަށް" މީސްމީޑިއާގައި ފުށުގެ ތެރެއިން ފެނުނު ބޭސްތަކުގެ ފޮޓޯތައް ވައިރަލްވުމަށްފަހު ޣައްޒާގެ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. 

ފަލަޞްޠީނުގެ ފާމަސިސްޓް އޮމަރް ހަމަދު ބުނީ މިއީ ޤަތުލްއާންމުގެ އެންމެ ނުރައްކާތެރި, އެންމެ ހީލަތްތެރި ބާވަތުގެ ޤަތުލްއާންމެވެ. 

ފަލަޞްޠީނުގެ ޑޮކްޓަރެއްކަމަށްވާ ހަލީލް މަޒެން އަބޫ ނަދާވެސް ފުށުންފެނިފައިވާ ބޭހުގެ ފޮޓޯއަކާއެކު ފޭސްބުކްގައި ބުނެފައިވަނީ މިއީ ޣައްޒާގެ އިޖްއިމާއީ ހޭލުންތެރިކަން ދުއްވާލުމަށް ކޮށްފައިވާ އަމަލެއްކަމުގައެވެ. 

އިންސާނިއްޔަތާ ހިލާފް މި ނުބައި ޖަރީމާގެ ޒިންމާ އިޒްރާއިލްއިން ނަގަންޖެހޭނެކަމަށް ޣައްޒާގެ ސަރުކާރު މީޑިއާއިން ވަނީ ބުނެފައެވެ. 

ޖީއެފްއެޗް މެދުވެރިކޮށް ޣައްޒާގައި މަދު އަދަދެއްގެ ކާބޯތަކެތި ބެހުމުގައި އިންސާނުން މަރުގެ ދަންތުރައަކަށް ގެންގޮސް އެތައް ބައެއް މަރާފައިވާ ވުން ބައިނަލްއަޤުވާމީ ދުނިޔެއިން ވަނީ ވަރަށް ބޮޑަަށް ކުށްވެރިކޮށްފައެވެ. ފާއިތުވި ހަފުތާގައި އިންސާނީ ހައްގުތަކާބެހޭ ޤާނޫނީ 15 ގްރޫޕަކުން ވަނީ ޖީއެޗްއެފްގެ އޮޕަރޭޝަންތައް ޣައްޒާގައި ވަގުތުން ހުއްޓާލުމަށް ގޮވާލާފައެެވެ. 

ޣައްޒާގެ ސިއްހީ މަސްދަރުތަކުން ބުނެފައިވާ ގޮތުގައި އެހީ ލިބިގަތުމަށް ކިއޫގައި ތިބޭ ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި މިހާތަނަށް 516 މީހަކުވަނީ ޝަހީދުވެފައެވެ.

ހުކުރު ދުވަހު އިޒްރާއިލްގެ ނޫހެއްކަމަށްވާ ހާޓެޒްއިން ވަނީ އިޒްރާއިލްގެ އަސްކަރިއްޔާގެ ސިފައިންނަށް އަސްކަރިއްޔާގެ ކޮމާންޑާރުން ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް ހަމަލާދީ މެރުމަަށް އަންގާފައިވާކަމަށް ބުނެފައެވެ 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow