ޢީދު ފުރަތަމަ ދުވަހުވެސް ޣައްޒާއިން 34 މަރު, އިންސާނީ އެހީ ބެހުންވެސް ހުއްޓުމަކަށް!

ޢީދު ފުރަތަމަ ދުވަހުވެސް ޣައްޒާއިން 34 މަރު, އިންސާނީ އެހީ ބެހުންވެސް ހުއްޓުމަކަށް!

11 hours ago - 21:38
Jun 6, 2025 - 21:53

ބަރަކާތްތެރި އަލްޙާ ޢީދުގެ ފުރަތަމަ ދުވަހުވެސް އިޒްރާއިލްއިން ޣައްޒާގެ 34 މީހުން ޝަހީދުކޮށްލައިފިއެވެ. ޢިޒްރާއިލްގެ ޤަތުލްއާންމު ހުއްޓުމެއްނެތި ކުރިއަށްދާއިރު މީގެ ދިހަ ވަރަކަށް ދުވަސްކުރިން  ބަހަންފެށި މަދު އަދަދެއްގެ އެހީ ދިނުންވެސް މިހާރު ވަނީ ހުއްޓާލާފައެވެ.

އެމެރިކާއާއި އިޒްރާއިލްއިން އުފައްދާފައިވާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަނުން އިންސާނީ އެހީ ބަހަމުންދިޔަ ހުރިހާ ސަރަހައްދެއް މިހާރުވަނީ ބަންދުކޮށްފައެވެ. އަދި އެތަންތަން އަލުން ހުޅުވާނެ ދުވަހެއް އަދި އެހީ ބަހަންފަށާނެ ކަމެއްވެސް އިއުލާންކޮށްފައެއް ނުވެއެވެ.

ހާން ޔޫނިސްގެ އަލް-ނަސެރް ހޮސްޕިޓަލަށް މިއަދު މަރާލާފައިވާ 16 ހަށިގަނޑެއް ގެނެސްފައިވާކަން އެ ހޮސްޕިޓަލްއިން ވަނީ ކަށަވަރުކޮށްދީފައެވެ. އުތުރު ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލަށް 11 ހަށިގަނޑު ގެނެސްފައިވާއިރު ޣައްޒާ ސިޓީގެ އަލް-އަޙްލީ ހޮސްޕިޓަލަށްވެސް 5 ހަށިގަނޑެއް ގެންގޮސްފައިވާކަށް ހޮސްޕިޓަލް ތަކުގެ މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

މިގެ އިތުރުން މެދުތެރޭ ދިއެރް އެލް-ބަލަޙްއަށް ދިން ހަމަލާތަކުގައި އަލް-އަޤްޞާ މާޓައިރް ހޮސްޕިޓަލަށްވެސް 2 ހަށިގަނޑެއް ވަނީ ގެންދެވިފައެވެ.

Advertisement
Advertisement

"މިއީ ޢައްޒާއަށް ޢީދު އައިސްފައިވާ ގޮތް" ދިއެރް އެލް-ބަލަޙްއިން ތާރެގް އަބޫ-އަޒޫމް ރިޕޯޓްކޮށްފައިވެއެވެ. 

ހުއްޓުމެއްނެތި ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާ ދެމުންދާއިރު, މިއަދުވެސް ޣައްޒާގެ 2 މިލިއަން އާބާދީ އެއްކޮށް އޮތީ ހައިހޫނު ކަމުގައެވެ. 3 މަސް ދުވަސް ވަންދެން އިިންސާނީ އެހީއަށް ޣާއްޒާ ބަންދުކޮށްފައި އޮތުމަށްފަހު ފާއިތުވި ހަފުތާއެއްހާ ދުވަހު މަދު އަދަދެއްގެ ކާބޯތަކެތި ޣައްޒާއަށް އެތެރެކުރިނަމަވެސް ބަނޑަށްޖެހިފައިވާ އާބާދީއަކަށް އެއީ "ކަނޑަށް ވައްޓާލި ފެންތިއްކެއް" ކަމަށް އދ ގެ އިންސާނީ ހަައްޤުތަކާ ބެހޭ ވެރިޔާ ޓޯމް ފްލެޝަރ ވަނީ ވިދާޅުވެފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow