ދިވެހި ޙައްޖުވެރިން އެނބުރި މިނާއަށް, ހާލު ރަނގަޅު
ދިވެހި ޙައްޖުވެރިން މައްކާގައި: ފޮޓޯ-ޙައްޖު މިޝަން

ދިވެހި ޙައްޖުވެރިން އެނބުރި މިނާއަށް, ހާލު ރަނގަޅު

11 months ago - 14:03
Jun 6, 2025 - 14:04
Advertisement
Advertisement

ޙައްޖުގެ އެންމެ މުހިއްމު ރުކުން ކަމުގައިވާ ޢަރަފާތުގައި މަޑުކުރުމަށްފަހު, ރޭ މުޛްދަލިފާގައި ރޭކޮށް, ދިވެހި ހުރިހާ ޙައްޖުވެރިން އެނބުރި މިނާ ފޭލިގެތަކަށް ގޮސްފިއެވެ. ޙައްޖުވެރިން މިނާއަށް ދިޔައީ މިއަދު ފަތިހުގެ ވަގުތެއްގައެވެ.

ރާއްޖޭގެ އެންމެހައި ހައްޖުވެރިންގެ ޙާލު ރަނގަޅު. ހައްޖުވެރިން މިހާރު ތިބީ މިނާގަ. އެއްވެސް ހައްޖުވެރިޔަކު ގެއްލި ނުވަތަ މަގު އޮޅި މި ފަދަ ކަމެއް މެދުވެރި ވެފައި ނުވޭ އަލްޙަމްދު ލި ﷲ.” ދިވެހި ޙައްޖުވެރިންނާއި ގުޅޭ އެންމެ ފަހުގެ އަދާހަމަ މީޑިއާތަކާއި ހިއްސާ ކުރަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

ޙައްޖުވެރިން މިއަދު މައްކާ ގަޑިން ހެނދުނު 9:30 ޖަމްރާއަށް ހިލަ އުކަން ދިއުމަށް ހަމަޖެހިފައިވާކަމަށާއި އައްޔާމުއްތަޝްރީޤުގެ ދުވަސްތަކުގައި މިނާގައި ރޭކުރާނެކަމަށް ދިވެހި ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވިއެވެ.

މިއަހަރު ދިވެހިރާއްޖެއިން 1000 މީހުން ވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement