އެއަޕޯރޓް ލަގެޖް އުފުލާ ވެހިކަލެއް ދުއްވަން އިން މީހަކު މަރުވެއްޖެ
ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓް އެޕްރޮން

އެއަޕޯރޓް ލަގެޖް އުފުލާ ވެހިކަލެއް ދުއްވަން އިން މީހަކު މަރުވެއްޖެ

3 days ago - 12:26
Oct 15, 2024 - 13:05
Advertisement

އެއަޕޯރޓް ލަގެޖް އުފުލާ ވެހިކަލެއް އޭޕްރަން އޭރިޔާގައި ހުރި ސްޓްރަކްޗަރއެއްގެ ބުޑުގައި ޖެހި ހިނގި ހާދިސާގައި ވެހިކަލް ދުއްވަން އިން ޑްރައިވަރު ނިޔާވެއްޖެ އެވެ. މިއަދު ހެނދުނު ހިނގި ހާދިސާގައި ނިޔާވީ 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނީ ނިޔާވި މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. މިހާދިސާ ހިނގީ އެއަޕޯރޓް ލަގެޖް އުފުލާ ވެހިކަލްއެއް ދުއްވާފައި ދަނިކޮށް, އެއަޕޯރޓް އޭޕްރަން އޭރިޔާގައި ހުރި ލައިޓާއި ކެމެރާ ހަރުކޮށްފައިވާ ސްޓްރަކްޗަރގެ ބުޑުގަނޑުގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.

"ސްޓްރަކްޗަރ ގައި ވެހިކަލް ޖެހިފައިވަނީ އެމީހާއަށް ޞިއްޙީ ހާލަތެއް މެދުވެރިވެގެން ކަމަށް ބެލެވޭ" ފުލުުހުން ފަހުން ބުންޏެވެ.

ވެހިކަލް ދުއްވަން އިން މީހާ ކްލިނިކަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭގެފަހުން އައިޖީއެމްއެޗަށް ގެންގޮސް ބެލިއިރު ބޭރުފުށުން އަނިޔާއެއް ނެތްކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

Advertisement

ފުލުހުން ބުނީ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އެއިދާރާއަށް މައުލޫމާތު ލިބުނީ ހެނދުނު 9:28 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement