ވޭޕަށްފަހު ދުންފަތާ ދެކޮޅަށްވެސް ފިޔަވަޅު އަޅަން ރައީސް ނިންމަވައިފި
ސިނގިރޭޓް ފޮއްޓެއްގެ އަގު 200 ރުފިޔާއަށް އުފުލޭނެ

ވޭޕަށްފަހު ދުންފަތާ ދެކޮޅަށްވެސް ފިޔަވަޅު އަޅަން ރައީސް ނިންމަވައިފި

3 days ago - 12:38
Oct 15, 2024 - 12:38
Advertisement

ވޭޕް އެތެރެކޮށް, ބޭނުންކުރުން ހުއްޓުވަން ފިޔަވަޅުތައް އަޅަން އެންގެވުމަށްފަހު ދުންފަތާ ދެކޮޅަށްވެސް ފިޔަވަޅުތަކެއް އަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް ނިންމެވީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށެވެ. އެގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ޑިއުޓީ ބޮޑުކުރަން ނިންމެވުން ހިމެނެއެވެ. ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވެލޮރަމް ރޭޓް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޮޑުކުރަން ޤާނޫނަށް އިސްލާހު ގެންނަން ނިންމަވާފައިކަން ރައީސް މިއަދު ވަނީ އިއުލާނުކުރައްވާފައެވެ. އެގޮތުން ގެންނަ އިސްލާހުތައް މި ހަފްތާގައި މަޖިލީހަށް ފޮނުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރ 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރަން ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މުދަލުން ނެގޭ އެޑްވެލޮރަމް ރޭޓް 50 އިން ސައްތަ މަތިކުރަން ވެސް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ޢާއްމު ތަންތާނގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. ޢާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މިހާރުވެސް މަނާކަމެކެވެ. ނަމަވެސް އެކަން ތަންފީޒުކުރެވެމުން ނުދެއެވެ.

Advertisement

މީގެއިތުރުން ދުންފަތުގެ އިސްތިޢުމާލު ކުރަން އާދަވެފައިވާ ފަރާތްތައް އެ އާދައިން ދުރުވުމަށް އެހީތެރިވުމުގެ ގޮތުން ޤައުމީ ލެވެލްގައި، ފަންނީ ގޮތުން ބަލައިގަންނަ، ވަށާޖެހޭ، ބޮޑު ކެންޕޭނެއް ފައްޓަވަން ނިންމެވިކަންވެސް ރައީސް ވަނީ އިއުލާނު ކުރައްވާފައެވެ.

ރައީސް މުއިއްޒު ވަނީ ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމަޢަކަށް ދިވެހިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށްވެސް އެދިވަޑައިގެންފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement