228 ސިޔާސީ މުވައްޒަފުން ވަކިކުރަން ރައީސް ނިންމަވައިފި
ރައީސް މުއިއްޒު: ފޮޓޯ-ރައީސް އޮފީސް

228 ސިޔާސީ މުވައްޒަފުން ވަކިކުރަން ރައީސް ނިންމަވައިފި

3 days ago - 14:08
Oct 15, 2024 - 14:08
Advertisement

228 ސިޔާސީ މުވައްޒަފުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ މިނިންމެވުން އިއުލާނުކުރެއްވީ މިއަދު އެކްސްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޚަރަދުތައް ކުޑަކުރަން, އިގްތިޞާދީ ރިފޯމް އެޖެންޑާގެ ދަށުން އަޅުއްވާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް 15 ދުވަސް ތެރޭގައި 228 މުވައްޒަފުން ވަކިކުރައްވަން ނިންމަވައިފި ކަމަށެވެ. އޭގެތެރޭގައި ގިނައީ ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރުންނެވެ. 109 ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރުން ވަކިކުރައްވަން ރައީސް ވަނީ ނިންމަވާފައެވެ. މީގެއިތުރުން 69 ޕޮލިޓިކަލް ޑައިރެކްޓަރުންވެސް ވަކިކުރައްވާނެކަން ރައީސް އިއުލާނުކުރެއްވިއެވެ. 43 ޑެޕިއުޓީ މިނިސްޓަރުންވެސް ވަކިކުރައްވަން ރައީސް ވަނީ ނިންމަވާފައެވެ. ސްޓޭޓް މިނިސްޓަރުންގެ ތެރެއިންވެސް 7 ބޭފުޅުން ވަކިކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެއަދަދަށް ސިޔާސީ މުވައްޒަފުން ވަކިކުރެއްވުމުން ދައުލަތުގެ ބަޖެޓުން މަހަކު 5.714 މިލިއަން ރުފިޔާ ސަލާމަތްވާނެކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް މިފިޔަވަޅު އަޅުއްވަން މިނިންމެވީ ޚަރަދުތައް ކުޑަކުރަން ސަރުކާރުން މަސައްކަތް ނުކުރައްވާ ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުކުރައްވާތީ ފާޑުކިއުން އަމާޒުވަމުން ދަނިކޮށެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement