ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖުން ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ދެ މީހުންގެ މުއްދަތު ޖަހައިފި
ޓެކްސީ ޑްރައިވަރުންގެ އޮހުތިޖާޖުން ހައްޔަރުކުރި މީހުން

ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖުން ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ދެ މީހުންގެ މުއްދަތު ޖަހައިފި

22 އުޅަނދު ޓޯކުރި

1 year ago - 19:10
Dec 12, 2024 - 19:11
Advertisement
Advertisement

ޓެކްސީ ޑްރައިވަރުންގެ މުޒާހަރާއިން ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ދެ މީހުންގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ބައެއް ޓެކްސީ ޑްރައިވަރުން ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން 3 މީހުން ހައްޔަރު ކުރި ކަމަށެވެ. ހައްޔަރުކުރީ މއ.ވިރާޙު މުހައްމަދު ޝާމިން އާއި ލ.ދަނބިދޫ ސަންރޭ އަހުމަދު ޝަބީންއާއި ހދ.ކުމުންދޫ ހޮލިޑޭވިލެޖް ނުޢުމާން އަހުމަދެވެ. ތިން މީހުންގެ ބަންދުގެ މިއްދަތުޖަހަން ކޯޓަށް ގެންދިއުމުން ޝާމިން އާއި ޝަބީން 5 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ނުއުމާން ވަނީ ޝަރުތުކޮށް ކޯޓުން ދޫކޮށްލާފައެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ ޢާއްމު ދަތުރުފަތުރަށް ހުރަސްއަޅާ  ހުޅުމާލޭގެ މަގުތައް ބްލޮކްކުރި މައްސަލައާ ގުޅިގެން ކަމަށެވެ. ޓެކްސީ ޑްރައިވަރުން އިހުތިޖާޖަށް ނިކުތީ ސަރުކާރުން ޓެކްސީ ލައިނެއްގެ ޚިދުމަތް ފަށާތީ އެކަމާ ނުރުހުން ފާޅުކޮށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement