ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޢާއްމު ޚިދުމަތްތައް އަލުން ފެށޭނެ ދުވަހެއް ނޭންގެ
އިމާރާތުގައި ރޯވި އަލިފާން ނިއްވަން ފަޔަރ ފައިޓަރުން މަސައްކަތް ކުރަނީ: ފޮޓޯ- އެމްއެންޑީއެފް

ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޢާއްމު ޚިދުމަތްތައް އަލުން ފެށޭނެ ދުވަހެއް ނޭންގެ

އަލިފާނުގެ ހާދިސާގެ ސަބަބުން ޚިދުމަތް ވަނީ މެދުކެނޑިފަ

1 year ago - 12:20
Dec 12, 2024 - 12:21
Advertisement
Advertisement

މިއަދު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ޚިދުމަތްތައް މެދުކެނޑުނު އިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާގެ ޚިދުމަތްތައް އަލުން ފެށޭނެ ދުވަހެއް ބުނަން އަދި ނޭންގޭ ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އެމިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ހާދިސާގައި އެއްވެސް މުވައްޒަފަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ. ނަމަވެސް އިމާރާތަށް ބޮޑަތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އިމާރާތަށް ލިބުނު ގެއްލުންތަކުގެ ސަބަބުން މިނިސްޓްރީން ދެމުންދާ ޢާއްމު ޚިދުމަތްތައް މެދުނކެނޑިފައިވާ ކަމަށް އެމިނިސްޓްރީން ބުންޏެވެ.

"މިޚިދުމަތްތައް އަލުން ފެށޭނެ ތާރީޚެއް ކަނޑައެޅުމަށްފަހު އެކަން މިނިސްޓްރީން އިއުލާނުކުރާނެ ވާހަކަވެސް ދަންނަވަމެވެ" ބަޔާނުގައި ވެއެވެ.

އެމިނިސްޓްރީން ވަނީ ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް މަޢާފަށް އެދި، ގުޅުންހުރި އިދާރާތަކުން ދެއްވާ އެއްބާރުލުން ފާހަގަ ކުރައްވާފައެވެ.

މިއަދު ހެނދުނު ރޯވި އަލިފާނާއެކު ހައުސިންގ މިނިސްޓްރީއާއި އިމާރާތް ކުރުމާބެހޭ މިނިސްޓްރީ ހިންގާ އިމާރާތް ވަނީ ބިމާ ހަމަވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement