
ޓެގް އެޅުވުމަށްފަހު 9 މީހުން ދޫކޮށްލަން ނިންމާ, 20 މީހަކު ދޫ ނުކުރަން ނިންމައިފި
ޓެގް އެޅުވުމަށްފަހު 9 މީހުން ދޫކޮށްލަން ނިންމާ, 20 މީހަކު ދޫ ނުކުރަން ޕްރޮސެއިކުއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ. އެއޮފީހުގެ ތަރުޖަމާނު އަދި ވަކީލު އަހުމަދު ޝަފީއު އެކްސްގައި ހިއްސާކުރެއްވި އަދަދުތަކަށް ބަލާއިރު 121 މީހަކު ވަނީ ޓެގް އެޅުވުމަށްފަހު ދޫކޮށްލަން އެދިފައެވެ.
ޓެގް އެޅުވުމަށްފަހު ދޫކޮށްލަން އެދުނު މީހުންގެ ތެރެއިން 92 ރިކްއިސްޓް އޮތީ ފުލުހުންގެ އެސެސްމަންޓް މަރުހަލާގައެވެ. ޓެގް އެޅުވުމަށްފަހު ދޫކޮށްލަނީ ފުލުހުންގެ އެސެސްމެންޓަކަށް ބިނާކޮށެވެ. ބޮޑަތި ކުށްވެރިން ދުލެއް ނުކުރެއެވެ.
ޕީޖީން ޢާއްމުކުރީ މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ތަފާސް ހިސާބުތަކެވެ. ޝަރީއަށް ނިމެންދެން ބަންދުކޮށްފައިވާ ފަރާތްތަކުގެ ބަންދު ނިމުމަކަށް ގެނައުމަކީ މިސަރުކާރުގެ ވައުދެކެވެ. ޓެގް އެޅުވުމަށްފަހު ދޫކޮށްލަނީވެސް އެވައުދު ތަންފީޒު ކުރުމުގެ ގޮތުންނެވެ.
ރިއެކްޝަންސް






