އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތްލެބް މެނޭޖްކޮށް, އޮޕަރޭޓް ކޮށްދޭނެ ފަރާތެއް ހޯދަނީ
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތްލެބް މެނޭޖްކޮށް, އޮޕަރޭޓް ކޮށްދޭނެ ފަރާތެއް ހޯދަނީ

24 hours ago - 12:05
Jun 12, 2025 - 12:05
Advertisement
Advertisement

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ގާއިމުކުރެވިފައިފާ ކެތްލެބްގެ ޙިދުމަތް މެނޭޖްކޮށް, އޮޕަރޭޓް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ކެތްލެބް މެނޭޖްކޮށް, އޮޕަރޭޓްކޮށްދޭނެ ފަރާތެއް ހޯދަނީ 5 އަހަރުގެ މުއްދަތަށެވެ. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ކޮށްފައިވާ އިޢުލާނުގައިވާގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތްލެޕް މެނޭޖްކޮށް އޮޕަރޭޓްކޮށްދޭން ބޭނުންވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ދަޢުވަތު ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  ގައި ވަނީ ހިއްސާކޮށްފައެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތުދެނީ މި މަސައްކަތައް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

މިކަމަށް ޝަޢުޤުވެރިވާ، ޝަތުރު ހަމަވާ ފަރާތްތަކުން" އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް ނުވަތަ ޢީމެއިލް މެދުވެރިކޮށް ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދީފައިވާ ސުންގަޑިއަކީ މިމަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement