ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ފޮޓޯ- ޕީއެސްއެމް ނިއުސް

ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

5 hours ago - 15:18
Advertisement
Advertisement

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން، ގޯއްޗާއި ފްލެޓަށް ފޯމު ހުށަހެޅުމުގެ މުއްދަތު ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ. ކުރިން މިމަހުގެ ނިޔަލަށް ހަމަވާގޮތަށް އޮތް މި މުއްދަތު މިހާރު ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ 23:59 އާ ހަމައަށް އިތުރުކުރެވިފައެވެ.

މި މުއްދަތު އިތުރުކުރަން ނިންމީ، އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން ގިނަ ބަޔަކު ރަށުން ބޭރުގައި އުޅެންޖެހުމާއި، ސަރުކާރު ބަންދުވުމުގެ ސަބަބުން ބޭނުންވާ ލިޔެކިއުންތައް ހޯދުމުގައި ދަތިތަކެއް ކުރިމަތިވަމުންދާކަމުގެ ޝަކުވާ ލިބެމުންދާތީއެވެ. ވުޒާރާއިން އިލްތިމާސްކުރައްވަނީ، ފޯމު ހުށަހެޅުމުގެ ކުރިން މަޢުލޫމާތާއި ލިޔެކިއުންތައް ފުރިހަމަތޯ ބަލައި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުނުކަން ކަށަވަރުކުރުމަށެވެ.


މި މަޝްރޫޢުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން 15,000 ގޯއްޗާއި، 7,900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ފްލެޓްތަކުގެ ތެރެއިން 4,000 ފްލެޓް މާލޭގެ ރަށްވެހިންނަށް، 1,500 ފްލެޓް މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް، އަދި 2,400 ފްލެޓް ޚާއްޞަ ކެޓަގަރީތަކަށް ވަނީ ކަނޑައަޅާފައެވެ. ގޯތި ދޫކުރުމުގައިވެސް މާލޭ ރަށްވެހިންނަށާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް، އަދި ވަކި ޚާއްޞަ ހާލަތްތަކުގައި ތިބި ފަރާތްތަކަށް ވަނީ ކޯޓާތައް ބަހާލެވިފައެވެ.


މީގެ އިތުރުން، އުޞޫލުތަކަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް ކުރިމަތިލެވޭ ގޮތް ހެދުމާއި، ޖޮއިންޓްކޮށް ގޯތި ލިބިފައިވާ ފަރާތްތަކަށް އެ ގޯތި ދޫކޮށްލުމަށްފަހު ވަކިން ކުރިމަތިލުމުގެ ފުރުޞަތު ދިނުން ހިމެނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީގެ ޝަރުޠުތަކަށް ލުއިތަކެއް ދީ، ކުދި ފްލެޓް ލިބިފައިވާ ފަރާތްތަކަށް ބޮޑެތި ފްލެޓަށް އެދުމުގެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލެވިފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement