ޝަމީމް ވަކިކުރަން ކޮމިޓީން ފާސްކޮށްފި
ޯޕީޖީ ޝަމީމް

ޝަމީމް ވަކިކުރަން ކޮމިޓީން ފާސްކޮށްފި

ވަކިކުރެވޭނީ މަޖިލިހުގެ ތަޅުމުން

28 days ago - 13:50
Advertisement

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ މަގާމުން ހުސައިން ޝަމީމް ވަކިކުރަން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ޖަވާބުދާރީ ވުމަށް ޝަމީމަށް ފުރުޞަތުދޭން ބޭއްވި ކޮމިޓީ ސިއްރުކުރުމަށްފަހު, ފާސްކުރީ މިދިޔަ ސަރުކާރުން ޕީޖީގެ މަގާމަށް އައްޔަންކުރެއްވި ހުސައިން ޝަމީމް މަގާމުން ވަކިކުރެއްވުމަށެވެ. ކޮމިޓީން ނިންމިޔަސް ޝަމީމް މަގާމުން ވަކިކުރެވޭނީ މަޖިލިހުގެ ތަޅުމުންނެވެ. ރައްޔިތުންގެ މަޖިލިހުގެ ސުޕަރ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ޕީއެންސީ އަށެވެ. ޝަމީން މަގާމުން ވަކިކުރެއްވުމަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު އެވެ. ޝަމީމް މަގާމުން ވަކިކުރަންޖެހޭ ސަބަބުތައް ކަމަށް ބަޔާންކޮށް ކަންތައްތަކެއް މެމްބަރު ޝާހިދު ވަނީ ހުށަހަޅުއްވާފައެވެ. 

މައިގަނޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ޕީޖީ ހުސައިން ޝަމީމް ނުފޫޒުން އެއްކިބާވެފައި ނުވާކަމަށެވެ. އަދި ވަކިވަކި ފަރާތްތަކަށް މަންފާވާނެ ގޮތަށް ބާރުގެ ބޭނުންކުރައްވާކަމުގެ ތުހުމަތު ކުރައްވާފައި ވެއެވެ. އެފަދަ ބައެއް ތުހުމަތުތަކުގެ ތެރޭގައި ޖިންސީގޯނާގެ ތުހުމަތު ކުރެވުނު އަލީ ވަހީދުގެ މައްސަލައިގެ ދައުވާތައް ފައިލް ކުރުމާއި, ކުރީގެ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްގެ މައްސަލައިގެ ދައުވާތައް ފައިލް ކުރުން, ސަފާރީ ރޭޕް ކޭސްގެ މައްސަލަ ފައިލް ކުރުން, މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ރިޒާ މެމްބަރު ކަމުގައި ހުންނެވިއިރު ތުހުމަތު ކުރެވުނު ހިޔުމަން ޓްރެފިކިންގެ މައްސަލަ އަނބުރާ ގެންދިއުން ހިމެނެއެވެ.

މިހާރު ނޫހަށް ޝަމީމް މިއަދު ވިދާޅުވެފައިވަނީ ތުހުމަތު ތަކަށް ކޮމިޓީގައި އިންކާރު ކުރެއްވި ކަމަށެވެ. ވަކިވަކިންވެސް އެއްކޮށްވެސް ތުހުމަތުތަކަށް އިންކާރު ކުރެއްވި ކަމަށް ޝަމީމް ވިދާޅުވެފައި ވެއެވެ. 

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement