ޔޫޓިއުބް ޗެނަލެއްގައި އެންމެ އަވަހަށް އެއްމިލިއަން ސަބްސްކްރައިބާސް ހަމަކުރުމުގެ ރެކޯޑް ރޮނާލްޑޯ އަށް
ދެތިން ގަޑިއިރުތެރޭގެ 1.69 މިލިއަން މީހުން އެޗެނަލަށް ސަބްސްކްރައިބް ކުރި
ޕޯޗްގަލް ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ އަމިއްލަ ޔޫޓިއުބް ޗެނަލެއް ލޯންޗްކޮށް, އެންމެ އަވަހަށް އެއްމިލިއަން ސަބްސްކްރައިބާސް ހަމަކުރުމުގެ ރެކޯޑް މުގުރާލައިފިއެވެ.
ޔޫޓިއުބް ޗެނަލް ލޯންޗްކުރިތާ 90 މިނިޓްގެ ތެރޭގައި ވަނީ މިލިއަނަކަށްވުރެ ގިނަމީހުން އެޗެނަލް ސަބްސްކްރައިބް ކޮށްފައެވެ. ފަސް ފަހަރު ބެލެންޑޯ ހޯދާފައިވާ 39 އަހަރުގެ ކުޅުންތެރިޔާ މިހާރު ކުޅެނީ ސައުދީ އެރޭބިއާގެ އަލް-ނަޞްރަށެވެ. ރޮނާލްޑޯ ވަނީ 20 އަހަރަށްވުރެ ގިނަދުވަހު ޕޯޗްގަލް ގައުމީޓީމަށް ކުޅެދީފައެވެ.
"އިންތިޒާރު ނިމުމަކަށް އައިއްސި. އެންމެފަހުން މިއޮތީ އަހަރެންގެ ޔޫޓިއުބް ޗެނަލް އައިއްސަ. އަވަހަށް "ސިއޫސްކްރަބް" ކޮށްލާ މި އާދަތުރުގަ އަހަންނާ ބައިވެރިވޭ" އޭނާގެ ޙާއްސަ ސެލްބްރޭޝަން އާ ގުޅުވާ ބުދަ ދުވަހު އޭނާގެ ސޯޝަލް މީޑިއާ މަންސަތަކަށް ދޫކޮށްލި ޕޯސްޓޭއްގައި ބުނެފައިވެއެވެ.
ރޮނާލްޑޯގެ ޔޫޓީއުބް ޗެނަލް ލޯންޗްކޮށް ފުރަތަމަ ވީޑިއޯ އަޕްލޯޑް ކުރިތާ ދެތިން ގަޑިއިރުތެރޭގެ 1.69 މިލިއަން މީހުން އެޗެނަލަށް ސަބްސްކްރައިބް ކުރިއެވެ.
ސޯޝަލްމީޑިއާ މަންސަ އެކްސް ގައި އޭނާގެ 112.5 މިލިއަން ފޮލޯވަރސް ތިބިއިރު, ފޭސްބުކްގައި 170 މިލިއަން އަދި އިންސްޓަގްރާމްގައި 636 މިލިއަން ފޮލޯވަރުން ތިބެއެވެ.
ކުރިން ރެއާލް މެޑްރިޑް އަދި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު ކުޅުންތެރިޔާ މިހާރު ދަނީ ސައުދީ ޕްރޯ ލީގު ހުޅުވާ މެޗްގައި އަލް-ރާއެދް އާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވަމުންނެވެ.
ރިއެކްޝަންސް