މޫނުބުރުގާ އަޅައިގެން ވަޒީފާ އަދާކުރުން މަނާކުރާ އުޞޫލުތައް ބަދަލުކުރަން އަންގައިފިން- ރައީސް

މޫނުބުރުގާ އަޅައިގެން ވަޒީފާ އަދާކުރުން މަނާކުރާ އުޞޫލުތައް ބަދަލުކުރަން އަންގައިފިން- ރައީސް

އިސްލާމިކް މިނިސްޓަރ ޝަހީމްވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ

28 days ago - 10:14
Advertisement

 

މޫނުބުރުގާ އަޅައިގެން ވަޒީފާ އަދާކުރުން މަނާކުރާ އުޞޫލުތައް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ އަންގަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާ ދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކަމަށެވެ. އަދި އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ. 

" އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ މިހާރު އަންގާފައި. އަޅުގަނޑުމެންގެ މި މުޖުތަމަޢު އަކީ ހުރިހާ މާނައެއްގައި ޢަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމަޢަކަށް ހަދަން އެންމެން ޢަޒުމް ކަނޑައަޅަމާތޯ!"

Advertisement

ސީދާ މޫނުބުރާގެ ވާހަކަ ނުގެންނަވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ ދ.ހުޅުދެލީ ކޯޓްގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނުބުރާ އަޅާފައި ހުރުމުން ވަޒީފާއިން ޑިސްކޮލިފައި ކުރި މައްސަލައެއް ފެމްނަތިވެފައި ވަނިކޮށެވެ. ޖޭއެސްސީން ވަނީ އޭނާ ވަޒީފާއަށް ޝަރުތު ހަމަނުވާ ކަމަށެވެ.

އެޚަބަރު ހިއްސާ ކުރައްވާ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޫނު ބުރުގާ އެޅުމަކީ ވަޒީފާއިން މަޙްރޫމްވާން ޖެހޭނެ ކަމެއްނޫން ކަމަށެވެ. ތަހުޒީބު މުޖުތަމަޢެއް ބިނާކުރެވޭނީ އެންމެންނަށް ޙައްޤުތައް ދީގެން ކަމަށް ވިދާޅުވިއެވެ. ތައުލީމީ ގިނަ އަންހެން ބޭފުޅުންތަކެއް މޫނު ބުރުގާ އަޅާފައި ތިބޭކަން ފާހަގަކުރައްވާ ވިދާޅުވީ އެފަރާތްތަކުގެ ވަޒީފާގެ ޙައްޤު ސިވިލްސާވިސް ކޮމިޝަނުން ކަށަވަރު ކުރަންޖެހޭނެ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement