އައްޑޫ ލިންކް ރޯޑް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތަށް ބޭނުންވާ ސާމާނު އައްޑޫއަށް ގެންގޮސްފި

އައްޑޫ ލިންކް ރޯޑް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތަށް ބޭނުންވާ ސާމާނު އައްޑޫއަށް ގެންގޮސްފި

1 hour ago - 10:52
Advertisement
Advertisement

އައްޑޫ ސިޓީގެ ލިންކް ރޯޑާއި މަގުތައް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢަށް ބޭނުންވާ މުހިންމު ސާމާނުތައް އެ ސިޓީއަށް ގެންގޮސް، މަގުހެދުމުގެ ކުރިން ކުރަންޖެހޭ ސާވޭގެ މަސައްކަތްތައް ނިމިފައިވާ ކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.


ދައުލަތުގެ ބަޖެޓުން 829 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢާ ގުޅޭގޮތުން އާރްޑީސީން ބުނީ، މަޝްރޫޢަށް ބޭނުންވާ ބޮޑެތި އުޅަނދުތަކާއި އެހެނިހެން ސާމާނު މިހާރު ވަނީ އައްޑޫއަށް ފޮނުވާފައި ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މަގު ފުޅާކުރުމަށްޓަކައި މަގުމަތީގައި ހުރި ގަސްތައް ނަގައި، މަގު ކޮށައި ސާފުކުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.


މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އާރްޑީސީއާ ޙަވާލުކުރި މި މަޝްރޫޢުގެ ދަށުން މުޅި އައްޑޫ ސިޓީގައި ޖުމްލަ 67.58 ކިލޯމީޓަރުގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިތަދޫ، ފޭދޫ، މަރަދޫ، ހުޅުދޫ އަދި މީދޫގެ މަގުތައް ހިމެނެއެވެ.


މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި:

  • ލިންކް ރޯޑްގައި 150 މިލިމީޓަރުގެ ސީޓީބީ ފަށަލައަކާއި 40 މިލިމީޓަރުގެ ތާރު އެޅުން.
  • ހައިވޭގައި 4 ލޭން ހިމެނޭ ގޮތަށް ތަރައްޤީކުރުން.
  • ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި، ދުވާރު ހެދުމާއި، މަގުމަތީގެ ނިޝާންތައް ހަރުކުރުން.
  • މިހާރު ހުރި ތާރު މަގުތަކުގެ މަތީގައި އިތުރު ފަށަލައެއް އެޅުމާއި، ގައު އަތުރާފައިވާ މަގުތަކުގައި ތާރު އެޅުން.

2003 ވަނަ އަހަރު ބޭނުންކުރަން ފެށި އައްޑޫ ލިންކް ރޯޑަކީ ފެންވަރު ދަށްވުމުގެ ސަބަބުން ގިނަ އެކްސިޑެންޓްތަކެއް ހިނގައި، ނުރައްކާތެރި ޙާދިސާތަކުގައި މީހުންގެ ފުރާނަވެސް ގެއްލިފައިވާ މަގަކަށްވުމާއެކު، މި މަޝްރޫޢަކީ އައްޑޫގެ ރައްޔިތުންނަށް ވަރަށް މުހިންމު މަޝްރޫޢެކެވެ. އާރްޑީސީގެ އަމާޒަކީ ކަނޑައެޅިފައިވާ 3 އަހަރާއި 11 މަސްދުވަހުގެ މުއްދަތަށްވުރެ އަވަހަށް މި މަސައްކަތް ނިންމާލުމެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement