ސަރުކާރު ހިއްސާވާ ބީއެމްއެލް ބޯޑުގެ އެގްޒެކެޓިވް މެމްބަރުންގެ ތެރެއިން6 މެމްބަރަކު ވަކި ކޮށްފި

ސަރުކާރު ހިއްސާވާ ބީއެމްއެލް ބޯޑުގެ އެގްޒެކެޓިވް މެމްބަރުންގެ ތެރެއިން6 މެމްބަރަކު ވަކި ކޮށްފި

ސަރުކާރު ހިއްސާވާ ބީއެމްއެލް ޗެއާމަން ހިމެނޭ ގޮތަށް އެކުންފުނީގެ ބޯޑުގެ އެގްޒެކެޓިވް މެމްބަރުންގެ ތެރެއިން ހަ މެމްބަރަކު ވަކި ކޮށްފި

6 months ago - 00:39
Jan 26, 2024 - 17:07
Advertisement

ސަރުކާރު ހިއްސާވާ ބީއެމްއެލް ޗެއާމަން ހިމެނޭ ގޮތަށް އެކުންފުނީގެ ބޯޑުގެ އެގްޒެކެޓިވް މެމްބަރުންގެ ތެރެއިން ހަ މެމްބަރަކު ވަކި ކޮށްފިއެވެ.

ބީއެމްއެލް ބޯޑުގެ އެގްޒެކެޓިވް މެމްބަރުންގެ ތެރެއިން ހަ މެމްބަރަކު ވަކި ކޮށްފައިވާ ކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބީއެމްއެލްއަށް މިއަދު ވަނީ އަންގައިފަ އެވެ.

Advertisement

ޕީސީބީގެ ރައީސް ހަމްދީ އަގީލް ވިދާޅުވީ ސަރުކާރުން ކަނޑައަޅާފައިވާ ބޯޑު މެންބަރުން ވަކިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށް އޮންނަ ބާރުގެ ދަށުން ކަމަށެވެ.

ޕީސީބީ މަސައްކަތް ކުރަނީ މިނިވަން އިދާރާއެއްގެ ގޮތުގައި ކަމަށްވީ ނަމަވެސް، އެ އިދާރާގެ ބޯޑުން ވަނީ ކުންފުނިތަކަށް ޑިރެކްޓަރުން ކަނޑައެޅުމުގެ ބާރު ދޫކޮށްލައިފަ އެވެ. ކުންފުނިތަކުގެ އިސްވެރިން ކަނޑައެޅުމަށް ނަން ފޮނުވާނީ ރައީސްޖުމްހޫރިއްޔާ ކަމަށް ޕީސީބީގެ ބޯޑުންވަނީ  ފާސްކޮށްފައިއެވެ. 

Advertisement

ކުންފުނީގެ ބޯޑުގެ މެޖޯރިޓީ މެންބަރުން ވަކިކޮށްފައި މިވަނީ ބޭރުގައި ކިޔަވާ ކުދިންނަށް ބީއެމްއެލް ކާޑު ބޭނުން ކުރެވޭ ލިމިޓު 750 ޑޮލަރުން 1،200 ޑޮލަރަށް ބޮޑު ކުރުމުގެ މަސައްކަތް ބޭންކާ ގުޅިގެން ސަރުކާރުން ކުރަމުން ދަނިކޮށެވެ.

އެގޮތުން ވަކިކޮށްފައިވަނީ ޗެއާމަން ޔޫޝާއު ސައީދާއި ބޯޑު މެމްބަރުން ކަމަށްވާ ޖުވޭރިޔާ ސައީދާއި އަބްދުﷲ ހަސަނާއި މުހައްމަދު ޝަރާހު އާއި އައިޝަތު ސަޖުނީ އާއި އަބްދުﷲ ހުޝާމު ޝަރީފެވެ.

ޗެއާމަނާ އެކު ހަ ޑައިރެކްޓަރުން ވަކި ކުރުމުން ދެން ބޯޑުގައި ތިއްބަވާނީ ހަތަރު މެންބަރުންނެވެ. އެއީ ކުންފުނީގެ ސީއީއޯ ކާލް ސްޓުމްކާ އާއި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނާއި އާންމު ހިއްސާދާރުން ތަމްސީލު ކުރައްވާ އަބްދުﷲ ނަސީމާއި އަހުމަދު މުހައްމަދެވެ. އަދި ކުންފުނީގެ ހިންގާ ގަވާއިދު އޮންނަ ގޮތުން ބޯޑުން ދެން އެއްވެސް ނިންމުމެއް ދެން ނިންމޭނީ އާ ޑިރެކްޓަރުން ބޯޑަށް އައްޔަނު ކުރުމަށް ފަހު އެވެ.

ބޯޑު މެންބަރުން ވަކިކުރި ނަމަވެސް، ކުންފުނީގެ ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި އެއްވެސް ދަތިތަކެއް ކުރިމަތިނުވާނެ ކަމަށް ބީއެމްއެލް އިންވަނީ ވިދާޅުވެފައިއެވެ.

ބޯޑަށް އަލުން މެންބަރުން އައްޔަން ކުރަން އާންމު ހިއްސާދާރުންނާ އެކު ކުންފުނީގެ އާންމު ޖަލްސާއެއް ބާއްވަން ޖެހޭނެ އެވެ.

މިއީ ބީއެމްއެލްގެ ތާރީހުގައި ސަރުކާރު ތަމްސީލުކުރާ ޑައިރެކްޓަރުން އެއްފަހަރާ ވަކިކުރި ފުރަތަމަ ފަހަރެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement