ލ. މާވަށު މަރާމާރީ: ހަމަލާދޭން ބޭނުންކުރި ވަޅި ފުލުހުން ހޯދައިފި
މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހާ/ ފޮޓޯ: ފުލުހުންގެ އިދާރާ

ލ. މާވަށު މަރާމާރީ: ހަމަލާދޭން ބޭނުންކުރި ވަޅި ފުލުހުން ހޯދައިފި

9 months ago - 19:25
Jul 28, 2025 - 19:52
Advertisement
Advertisement

ލ. މާވަށުގައި މިއަދު ހިނގި މާރާމާރީއެއްގައި ޒުވާނަކު މަރާލި މައްސަލައިގައި އެ ހަމަލާދޭން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި، ފުލުހުން މޫދުގެ އަޑިން ހޯދައިފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރެއްހާ އިރު ފުލުހުން ވިދާޅުވީ މިއަދު ހެނދުނު އެ ރަށުގައި ހިނގި މާރާމާރީގެ ތެރެއިން މަރާލާފައިވަނީ މާވަށު ނަލަހިޔާ، 29 އަހަރުގެ މޫސާ އިބްރާހީމްކަމަށާއި، އަދި މި ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ ހެނދުނު 10 ޖަހާކަށް ހާއިރު ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މައްސަލައިގެ ތުހުމަތަށް ހދ. ނޮޅިވަރަންފަރު އަސަރީ މަންޒިލް އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މީނާއަކީ މަސްތުވާތަކެތީގެ ރިކޯޑު އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

"ހަމަލާ ދިނުމުގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި، ފުލުހުންގެ ޓީމެއް މޫދަށް ފީނައިގެން ވަނީ ހޯދާފައި،" މި މައްސަލައާއި ގުޅިގެން މިއަދުގެ އިރުއޮއްސުނުފަހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ އެއިދާރާގެ ފަރާތުން އިތުރަށް ތަހުގީގު ކުރިއަށް ގެންދަވާ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement