މޯލްޑިވްސް ޕްރިމިއާ ބޭންކަށް ބޭންކިންގް ލައިސަންސް ދީފި

މޯލްޑިވްސް ޕްރިމިއާ ބޭންކަށް ބޭންކިންގް ލައިސަންސް ދީފި

12 minutes ago - 08:11
Advertisement
Advertisement

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "މޯލްޑިވްސް ޕްރިމިއާ ބޭންކް ޕްރައިވެޓް ލިމިޓެޑް" އަށް ބޭންކިންގް ލައިސަންސާއި ވިޔަފާރި ހިންގުމުގެ ރަސްމީ ހުއްދަ މިއަދު ދޫކޮށްފިއެވެ.


މި ލައިސަންސް ހަވާލުކުރުމަށްޓަކައި އެމްއެމްއޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އެ އޮތޯރިޓީގެ ގަވަރުނަރާއި، ޑެޕިއުޓީ ގަވަރުނަރުގެ އިތުރުން އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، މޯލްޑިވްސް ޕްރިމިއާ ބޭންކުގެ ޗެއާޕާސަން އާއި ބޯޑު މެންބަރުން އަދި އެ ބޭންކުގެ އިސް ބޭފުޅުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.


މޯލްޑިވްސް ޕްރިމިއާ ބޭންކަށް މި ދޫކުރި ހުއްދައާއެކު، ރާއްޖޭގައި ބޭންކިންގް ޚިދުމަތް ފޯރުކޮށްދޭ ބޭންކުތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 9 އަށް އިތުރުވެފައެވެ.


މި ބޭންކަށް ބޭންކިންގް ހުއްދަ ދީފައިވަނީ، ޓަޔާ 1 ބޭންކެއްގެ ގޮތުގައި ގާއިމުކުރުމަށް 19 މެއި 2025 ގައި ދޫކުރި "ޕްރީ-އޮޕަރޭޝަނަލް" ހުއްދައިގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި ޝަރުތުތައް ހަމަވުމާ ގުޅިގެންނެވެ. ބޭންކު ހުޅުވުމަށް ތައްޔާރުވުމުގެ މަރުހަލާގައި، އެ މުއައްސަސާގެ ނަމަށާއި އޮނިގަނޑަށް ގެނައި ބަދަލުތައް ވެސް އެމްއެމްއޭ އިން ވަނީ ދިރާސާކުރުމަށްފަހު ތަސްދީގުކޮށްފައެވެ.


އެމްއެމްއޭ އިން ފާހަގަކުރި ގޮތުގައި، މޯލްޑިވްސް ޕްރިމިއާ ބޭންކަށް ލައިސަންސް ދިނުމަކީ ރާއްޖޭގެ ބޭންކިންގް ސިނާއަތުގައި ވާދަވެރިކަން ބަދަހިވެ، އާންމުންނަށް މާލީ ޚިދުމަތްތައް ލިބުމުގައި އިތުރު ލުއިފަސޭހަތަކެއް މަގުފަހިވެގެންދާނެ ކަމެކެވެ. މިއީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މަރުކަޒީ ބޭންކުން ސިފަކުރެއެވެ.


މަރުކަޒީ ބޭންކުން އިތުރަށް ހާމަކުރި ގޮތުގައި، ރާއްޖޭގައި ހަރުދަނާ، ދެމެހެއްޓެނިވި އަދި އެންމެންގެ ބައިވެރިވުން ހިމެނޭ ފަދަ މާލީ ނިޒާމެއް ބިނާކުރުމަށް އެމްއެމްއޭ އިން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement