ރައީސުލްޖުމްހޫރިއްޔާ، ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާ، ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ، ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާ، ޝަރަފުވެރިކޮށްދެއްވައިފި

60 minutes ago - 20:28
Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ޖަލްސާ އޮތީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައި، މިއަދު ހަވީރުއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލާޙް ޕްރީސްކޫލްގެ ވެބްސައިޓް އިފްތިތާޙުކޮށްދެއްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ، ފަލާޙް ޕްރީސްކޫލަށް 10 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކަށް އެ ސްކޫލުން ދެއްވި ހަނދާނީ ފިލާ، އެ ފަރާތްތަކާ ޙަވާލުކޮށްދެއްވާފައެވެ. އަދި ފަލާޙް ޕްރީސްކޫލުގެ ރަންޔޫބީލް ލޯގޯ ފަރުމާ ކޮށްދެއްވި ފަރާތަށް ހަނދާނީ ލިޔުން އެރުވުންވެސް މިއަދުގެ ޖަލްސާގައި އޮތެވެ.

ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ހަނދާނީ ފިލައެއް، ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވާފައެވެ. ރަންޔޫބީލް ފާހަގަކުރުމުގެ ހަނދާނީ ފިލާ، އެމަނިކުފާނަށް އެރުވީ، ފަލާޙް ޕްރީސްކޫލްގެ ޗީފް އެގްޒެކެޓިވް، އަލްޤާރީ އަލްހާފިޡް ޢަބްދުއްސައްތާރު އަބޫބަކުރެވެ.

ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަޢުލަތުގެ ވަޒީރުންނާއި، މުޢައްސަސާތަކުގެ އިސްވެރިންގެ އިތުރުން ފަލާޙް ޕްރީސްކޫލްގެ އެހާރާއި މިހާރުގެ މުވައްޒަފުންނާއި ދަރިވަރުން އަދި ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރީން ބައިވެރިވެވަޑައިގަތެވެ.

އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުލް ފަލާޙުން 1976ގައި އުފެއްދި މި މުއައްސަސާ އެންމެ ފުރަތަމަ ހުޅުވިގެންދިޔައީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި 'މަދްރަސަތުލް ފަލާޙް' ގެ ނަމުގައެވެ. 2001 ވަނަ އަހަރު ތުއްތު ކުދިންގެ ތަޢުލީމީ ގްރޭޑްތައް ތަޢާރަފްކުރުމަށްފަހު، މިތަނުގެ ނަން ވަނީ 'ފަލާޙް ޕްރީސްކޫލް' ގެ ނަމަށް ބަދަލުކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement