އާންމުންނަށް އުނދަގޫކޮށް ބިރުދެއްކި މީހަކު އެންޑީއޭ މަރުކަޒަށް ބަދަލުކޮށްފައި ހުއްޓާ ފިލައިފި

އާންމުންނަށް އުނދަގޫކޮށް ބިރުދެއްކި މީހަކު އެންޑީއޭ މަރުކަޒަށް ބަދަލުކޮށްފައި ހުއްޓާ ފިލައިފި

2 hours ago - 22:56
Advertisement
Advertisement

އާންމުންނަށް އުނދަގޫކުރުމާއި ބިރުދެއްކުމުގެ މައްސަލައެއްގައި ހައްޔަރުކޮށް، ފަރުވާއަށް ކ. ހިންމަފުށީގައި ހުންނަ ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ މަރުކަޒަށް ބަދަލުކޮށްފައި ހުރި މީހަކު އެތަނުން ފިލައިފިއެވެ.


މި މައްސަލައިގައި ފިލާފައިވަނީ ހއ. ހޯރަފުށި، ނޫވިލުގެ، އަހުމަދު ފައިރިޝް (43އ) އެވެ. އޭނާއަކީ ބިރުދެއްކުމާއި، މުދަލަށް ގެއްލުން ދިނުމާއި، މާރާމާރީ ހިންގުން އަދި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުގައި މިދިޔަ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު ހައްޔަރުކުރި މީހެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ބަންދަށް ދީފައެވެ.


ފުލުހުންގެ ތަރުޖަމާނު، އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފައިރިޝް ފުލުހުންގެ ބަންދުން ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކޮށް، އެތަނުގެ ބެލުމުގެ ދަށުގައި ހުއްޓާ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ފިލާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް، އޭނާ އަލުން ހޯދިފައިވާ ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.


ފައިރިޝްއަކީ ކުށުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް އޭނާ ހައްޔަރުކުރިއެވެ. ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ފައިރިޝްއަކީ ސިކުނޑީގެ އުނިކަމެއް ނުވަތަ މައްސަލައެއް ހުންނަ މީހެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement