ޤާނޫނު މުގުރާފަ, ޤާނޫނާ ޚިލާފްވާން ފުރުޞަތެއް ނުދޭނަން- ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު: ފޮޓޯ-ރައީސް އޮފީސް

ޤާނޫނު މުގުރާފަ, ޤާނޫނާ ޚިލާފްވާން ފުރުޞަތެއް ނުދޭނަން- ރައީސް

ތެދު ބަހުން ހަގީގަތް ހާމަކުރުމުގެ ފުރުޞަތު މީޑިޔާއަށް އޮންނާނެ

3 hours ago - 10:03
Sep 20, 2025 - 10:04
Advertisement
Advertisement

ޤާނޫނު މުގުރާފައި، ޤާނޫނާ ޚިލާފަށް ކަންކުރުމުގެ ފުރުޞަތު އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ވ.ފެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހި ޤައުމުގެ ރިޔާސަތާ ހަވާލުވެޑައިގަތީ ޤާނޫނު ނެގެހެއްޓެވުމަށްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ޤާނޫނުގެ ވެރިކަމުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަވާނޭކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާތްﷲ ގަންދެއްވާ އެމަނިކުފާނު ހުވާ ކުރައްވާފައިވަނީ އިސްލާމީ ހަމަތަކާއި އެއްގޮތަށް ދައުލަތް ހިންގެވުމަށްކަމަށެވެ. އެގޮތުގައި އެމަނިކުފާނު ކުރިއަށް ވަޑައިގަންނަވާނީ ސާބިތުކަމާއެކުގައި ކަމަށާއި، އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނާޅުއްވާނޭކަމަށް ރައީސް ވިދާޅުވިއެވެ.

ސައްތައިން ސައްތަ އިސްލާމީ ރައްޔިތެއްގެ ހައިސިއްޔަތުން ދިވެހީން ޤަބޫލުކުރާ ހަމަތަކާއި އުޞޫލުތައް ހިފަހައްޓަންޖެހޭކަންވެސް ރައީސް ހަނދުމަފުޅުކޮށްދެއްވިއެވެ. ޤައުމުގައި ހަމަޖެހުން ޤާއިމުވެގެންދާނީ، ކޮންމެ ރައްޔިތެއްގެވެސް ސިކުނޑި ތަރައްޤީކޮށް، އެމީހަކަށް ޙައްޤު އިޙުތިރާމާއި ޢިއްޒަތް އަނެކާއަށްވެސް ޙައްޤުވާނޭކަން ބަލައިގަނެ، އެގޮތަށް ޢަމަލުތައް ބެހެއްޓުމުންކަމަށް ވިދާޅުވިއެވެ. ބަލާލުމެއް ނެތި، އަނެކާއާ ދޭތެރޭ ދޮގު ވާހަކަދެއްކުމަކީ، މުސްލިމުންނަށް ވީތީވެސް، އަދި އިންސާނުންނަށް ވީތީވެސް، ދުރުހެލިވާންޖެހޭ ކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ތެދުބަހުން ވާހަކަދައްކައި، ކަންކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ގެނެސްދިނުމުގެ މިނިވަންކަން، ސިޔާސީ ފަރާތްތަކާއި، މީޑިއާ އާއި ރައްޔިތުންނަށްވެސް، އެއްވެސް ހިފެހެއްޓުމެއް ނެތި އެބައޮތް ކަމަށް ވިދާޅުވާ ވިދާޅުވުވުން ރައީސް ތަކުރާރުކުރެއްވިއެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ޤާނޫނުންވެސް އަންގަނީ، ސާބިތުނުކުރެވޭ ވާހަކަ ނުދެއްކުމަށްކަމަށާއި، ސާބިތުނުކުރެވޭ ވާހަކައެއްނަމަ، އެއީ ސާބިތުނުކުރެވޭ ވާހަކައެއްކަން ހާމަކުރުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement
Advertisement

އެ ޤާނޫނާ ބެހޭގޮތުން ގޮތް ނިންމުމުގައިވެސް، މީހުން ދައްކާ ވާހަކަތަކަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ބުއްދިން ވިސްނައިގެން ގޮތް ނިންމުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ދިވެހި ރައްޔިތުން ބޭނުންވަނީ، އިޙްތިރާމާއި ކުލުނާއި ލޯބި އެކުލެވިގެންވާނޭ ގޮތުން، ޤައުމުގައި ހަމަޖެހުން ޤާއިމުވެގެންދިއުން ކަމަށާއި، ޤައުމުގައި ހަމަނުޖެހުން އިއާދަވާން ބޭނުންނުވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ މިހަފްތާގައި ފާސްކޮށް ތަސްދީޤުކުރެއްވި މީޑިޔާ ޤާނޫނަށް އަމަލުނުކުރާނެކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ އެކަމަށް އިޝާތާތްކުރައްވާއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement