
ވ.ތިނަދޫގައި އޭޓީއެމްގެ ޚިދުމަތް ފަށާ, ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން
ވ.ތިނަދޫގައި އޭޓީއެމްގެ ޚިދުމަތް ފަށާ, ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ.
މިއަދު ތިނަދޫއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ އޭ.ޓީ.އެމް ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. އަދި އަންނަ އަހަރުގެ މާރޗް މަސް ނިމުމުގެ ކުރިން ތިނަދޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތްވެސް ފައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އެޔަގީންކަން ދެއްވީ ތިނަދޫ އަކީ ރަށުފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވާއެވެ.
މީގެއިތުރުން ތިނަދޫއަށް މިވަގުތު އެންމެ ބޮޑަށް ދަތިވެފައިވާ ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.
ރިއެކްޝަންސް






