އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން އިންޑިޔާގެ ނައިބުރައީސްއާ މަޝްވަރާ ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިންޑިޔާގެ ނައިބުރައީސްއާ ބައްދަލުކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން އިންޑިޔާގެ ނައިބުރައީސްއާ މަޝްވަރާ ކުރައްވައިފި

11 days ago - 22:41
Advertisement

އިންޑިޔާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން އިންޑިޔާގެ ނައިބުރައީސް ޖަގްދީޕް ދަންކާރްއާ މަޝްވަރާ ކުރައްވައިފި އެވެ. މިމަޝްވަރާތައް ކުރިއަށް ގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިޔާގެ ނައިބުރައީސް ރައީސް މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައެވެ.

އަންނަ އަހަރަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ވިޔަފާރި އާއި ރަޙުމަތްތެރިކަމުގެ ގުޅުމުގެ އެތައް ޤަރުނެއްވީ ތާރީޚެއް އޮތްކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއަށް މެދުވެރިވާ ހައްސާސް ހާލަތްތަކުގައި އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން އިސްކަންދޭދިނުން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަމުން  އަންގައިދެނީ، ދެ ޤައުމުގެ ދެމެދުގައި އިތުބާރު ޤާއިމުކުރެވިފައިވާ މިންވަރުކަމަށެވެ.

 ދެޤައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުމަކީ ދެ ޤައުމެއްގެ ގުޅުން ބަދަހިކުރުމުގައި އަސާސީ ދައުރެއް އަދާކުރާ ކަމެއްކަން އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންކާރް ފާހަގަކުރެއްވިއެވެ. އިންޑިޔާއާ ރާއްޖޭގެ ތާރީޚީ ގުޅުން އަދާ ހަމައަށްވެސް ދެމިއޮތް ކަމީ، ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާވާ ގިނަ ދާއިރާތަކެއްގައި ދޭދޭ ފަރުދުން އެއްބައިވަންތަ ކުރުވާ ކަމެއް ކަމުގައި އިންޑިޔާގެ ނައިބުރައީސް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ދެން މަޝްވަރާކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ މި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ފެށިފައިވާ މުޢާމަލާތްތަކުގެ އެހީގައި، ހުރިހާ ފެންވަރެއްގައިވެސް އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement