ޓެލެގްރާމް މެދުވެރިކޮށް 92،000 ރުފިޔާ ސްކޭމްކުރި ދެ ޒުވާނަކު ހައްޔަރުކޮށްފި

ޓެލެގްރާމް މެދުވެރިކޮށް 92،000 ރުފިޔާ ސްކޭމްކުރި ދެ ޒުވާނަކު ހައްޔަރުކޮށްފި

1 hour ago - 20:26
Advertisement
Advertisement

ޓެލެގްރާމް ގްރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ، އޯޓީޕީ (OTP) ހިއްސާކުރުމުން މީހެއްގެ އެކައުންޓުން މަކަރާއި ހީލަތުން 92،000 ރުފިޔާ ފޭރުނު މައްސަލައެއްގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.


ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި ހިނގާ އޮގަސްޓު މަހުގެ 17 ވަނަ ދުވަހުއެވެ. މައްސަލަ ހުށަހެޅުމާއެކު ފުލުހުން ހިންގި ތަހުގީގުގެ ތެރެއިން، ފޭރުނު ފައިސާ ޖަމާކޮށްފައިވާ އެކައުންޓުގެ ވެރިފަރާތުގެ އިތުރުން މި ކަމުގައި ބައިވެރިވި އަނެއް މީހާ ވަނީ ދެނެގަނެވިފައެވެ.


މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޮގަސްޓު 18 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ:

މުޙައްމަދު ފަޒީލް (23 އަހަރު) – ފައިންޕާކް / ހއ. ހޯރަފުށި
އަބްޝަރު ރަޝީދު (23 އަހަރު) – ފައިންބީޗް / ގދ. ފިޔޯރީ

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެ މީހުން ވެސް 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.


މިފަދަ ހާދިސާތައް އިތުރުވަމުންދާތީ، އޮންލައިންކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، ބޭންކުން ފޮނުވާ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އޮންލައިން މުއާމަލާތްތައް ހިންގުމުގައި މުއާމަލާތުކުރާ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ އަދި ބޭންކިންގ މައުލޫމާތު ރައްކާތެރިކުރުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement