
ނަޝީދު އަކީ އަބަދުވެސް އިންޑިއާ އާއި ދިވެހިރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތުކުރާ ބޭފުޅެއް: މޯދީ
ކުރީގެ ރައީސް ނަޝީދު އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ މިއަދު ވަނީ ބައްދަލުކުރައްވާފަ
ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަކީ އަަބަދުވެސް އިންޑިއާ އާއި ދިވެހިރާއްޖޭގެ އެކުވެރިކަމަށް ވަކާލާތުކުރާ ބޭފުޅެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ޝްރީ ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިހެން ވިދާޅުވީ ދިވެހިރާއްޖެ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ކުރީގެ ރައީސް ނަޝީދުއާ ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމާ ގުޅިގެން މޯދީ ވިދާޅުވީ 'ނެއިބަރހުޑް ފަސްޓް' ސިޔާސަތާއި, މަހާސާގަރުގެ ތަސައްވުރުގެ އަގުހުރި ތަނބެއްގެ ގޮތުގައި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮތުމާ ގުޅޭގޮތުން ދެބޭފުޅުން ވާހަކަދެއްކި ކަމަށެވެ.
އަދި މީގެ އިތުރުން ދިވެހިރާއްޖެއަށް ޤާބިލްކަން އިތުރުކުރުމާއި ތަރައްގީގެ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ރިއެކްޝަންސް






