
ފުރިހަމަ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް ރައްޔިތުންގެ ފުދުންތެރިކަން އިތުކުރުން މުހިއްމު: ކުރީގެ ރައީސް ޞާލިހު
ދިވެހިރާއްޖެ މިނިވަންވީތާ 60 އަހަރު ފުރުމުގެ މުނާސަބަތުގއި ކުރީގެ ރައީސް އިބްރާހިމް މުޙައްމްދު ޞާލިޙް (އިބޫ) ދިވެހި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ތަހުނިޔާ ވިދާޅުވަމުން މީސްމީޑިއާގެ މަންސަ އެކްސް ގައި އެމަނިކުފާނު ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ފުރިހަމަ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.
"އަޅުގަނޑުމެން ދިވެހިންނަކީ އަބަދުވެސް އަޅުގަނޑުމެންގެ ކަންކަމުގައި އެންމެ ފަހުބަސްބުނާ, ޤައުމިއްޔަތުގެ ނަވުގެ މަންޒިލް އަމިއްލައަށް ކަނޑައަޅާ, އަދި އަޅުގަންޑުމެންގެ ކުރިމަގު އަމިއްލައަށް ކޮށާ ބައްޓާންކުރާ ބައެއްގެ ގޮތުގައި އަބަދުމެ ލައްވާށި" ކުރީގެ ރައީސް އިބޫގެ ޕޯސްޓްގައި ވިދާޅުވެފައި ވެއެވެެ.
ރިއެކްޝަންސް






