އައިޖީއެމްއެޗްގެ އެންއައިސީޔޫ އިން ނުރައްކާތެރި ބެކްޓީރިއެއް ފެނިއްޖެ
އައިޖީއެމްއެޗް ހޮސްޕިޓަލް / ފޮޓޯ:އައިޖީއެމްއެޗް

އައިޖީއެމްއެޗްގެ އެންއައިސީޔޫ އިން ނުރައްކާތެރި ބެކްޓީރިއެއް ފެނިއްޖެ

11 months ago - 18:08
May 1, 2025 - 18:10
Advertisement
Advertisement

އައިޖީއެމްއެޗްގެ އެންއައިސީޔޫގައި ތިބި ވަރަށް ބަލި ކުދިންގެ ތެރެއިން ބައެއް ކުދިންގެ ކިބައިން މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރުއޯ) ކިޔާ ބެކްޓީރިއާއެއް ފެނިފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ ވަރަށް ބަލި މީހުންނަށް ފަރުވާ ދޭ ތަންތަނުގައި ބައެއް ފަހަރު މިފަދަ ބެކްޓީރިއާތައް އުފެދޭ ކަމަށެވެ. މި ބެކްޓީރިއާ އާންމު އެންޓިބަޔޮޓިކްތަކަށް ނުގުޑާތީ، ނުރައްކާތެރި އިންފެކްޝަނަކަށް މަގުފަހިވެދާނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

ބެކްޓީރިއާ ދެނެގަނެވުމާއެކު އިތުރަށް ފެތުރުނަ ނުދިނުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި، އަދި މި ބެކްޓީރިއާގެ ސަބަބުން އެއްވެސް ކުއްޖެއް ނުވަތަ ސިއްޙީ ފަރުވާދޭ މީހަކު ބަލިވެފައި ނުވާ ކަމަށްވެސް ހޮސްޕިޓަލުން ވިދާޅުވިއެވެ.

އައިޖީއެމްއެޗުން އިތުރަށް ވިދާޅުވީ އެންމެންގެ ސަލާމަތަށް ޚާއްޞަ ސަމާލުކަމެއް ދެމުން އަންނަ ކަމަށާއި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement