
އަންރުވާ ރޫޅާލަން އިސްރާއީލުން ގަސްތުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފި
އަންރުވާ ރޫޅާލަން އިސްރާއީލުން ގަސްތުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮސްދޭ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އެޖެންސީ ފޮރ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއަރ އީސްޓް (އަންރުވާ) ނައްތާލަން ގަސްތުގައި އިސްރާއީލުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއިން ކަންބޮޑުވުން ފާޅުކުރެއްވީ މިއަދު އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގައި ބަންޑާރަނައިބު އަލްއުސްތާޛު އަހުމަދު އުޝާމް ދެއްވި ބަޔާނުގައެވެ.
ބަންޑާރަނައިބު ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހިރާއްޖެއިން ކެނޑިނޭޅި, ވަކާލާތު ކުރާނެ ކަމަށެވެ. އިސްރާއީލުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ކަށަވަރުކުރުމުގެ މުހިއްމުކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ އެމީހުން އިންސާނީ ހައްގުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ދިވެހި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ބަންޑާރަނައިބު ދެއްވިއެވެ.
މިއަދު އޮތް އަޑުއެހުމުގައި ރާއްޖޭގެ ވަކީލުން ވަނީ ބައިނަލްއަޤްވާމީ މުއާހަދާތަކުގެ ދަށުން އިސްރާއީލުގެ ޒިންމާތަކުން ރެކުމަށްޓަކައި ޤައުމީ ސަލާމަތް އަދި ހަނގުރާމަވެރި ބޭނުންތެރިކަން ސަބަބެއްގެ ގޮތުގައި ދައްކަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ހިލާފަށްކަން ފާހަގަކުރައްވާފައެވެ.
ރާއްޖެއިން މިއަދުވެސް ތަކުރާރުކުރެއްވީ ފަލަސްތީނާއި އިސްރާއީލް މައްސަލައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް, އިރުމަތީ ގުދުސް ވެރިރަށެއްގައި ކަނޑައަޅައި, މިނިވަން މުސްތަޤިއްލު, އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްޠީނުގެ ދައުލަތެއް ޤާއިމްކުރުން ކަމަށެވެ.
ރިއެކްޝަންސް






