އިންޑިޔާ ގުޅުން ބިނާވެފައިވަނީ ތާރީޚާއި ގަބޫލުކުރާ ހަމަތަކާއި ހިއްސާކުރާ އާދަކާދަތަކުގެ މައްޗަށް- ރައީސް މުއިއްޒު
ފަރިއްކޮޅުގެ ތެރެއިން ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ: ފޮޓޯ-ރައީސް އޮފީސް

އިންޑިޔާ ގުޅުން ބިނާވެފައިވަނީ ތާރީޚާއި ގަބޫލުކުރާ ހަމަތަކާއި ހިއްސާކުރާ އާދަކާދަތަކުގެ މައްޗަށް- ރައީސް މުއިއްޒު

10 days ago - 07:57
Advertisement

ރާއްޖެއާއި އިންޑިޔާގެ ގުޅުން ބިނާވެފައިވަނީ ދެ ޤައުމުގެ ތާރީޚާއި ގަބޫލުކުރާ ހަމަތަކާއި ހިއްސާކުރާ އާދަކާދަތަކުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރޭގަނޑުގެ ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންޑިއާއަކީ ދެގޮތެއް ނުވެ އޮންނަ، ރާއްޖޭގެ ބައިވެރިއެއްކަން އެޤައުމުން އަބަދުވެސް ސާބިތުކޮށްދެމުން އަންނަ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ އެތައް އަހަރަކަށް ދެމިގެންގޮސްފައިވާ އެގުޅުން ބިނާވެފައިވަނީ ދެގައުމުގެ ތާރީޚާއި ދެޤައުމުން ގަބޫލުކުރާ ހަމަތަކާއި ހިއްސާކުރާ އާދަކާދަތަކުގެ މައްޗަށް ކަމަށެވެ. ދެޤައުމުގެ ދެމެދުގައި ސިޔާސީގުޅުން ގާއިމުކުރިތާ ފަސްފޮޅަހައްވުރެ ގިނަ އަހަރު ވެފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ އަދިވެސް އެގުޅުން އިތުރަށް ބަދަހިވެ ކުރިއަރައިގެންދިއުމަށް އުންމީދުކުރައްވާ ކަމަށެވެ.

އަވަށްޓެރި ޤައުމުތަކާއެކު ގުޅުންބަދަހި ކުރެއްވުމުގައި، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމުކުރުމާއެކު، ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ދައްކަވާ ވާހަކަ ރައީސް މުއިއްޒު ތަކުރާރުކުރެއްވި އެވެ. ދެ ޤައުމުން އެއްބަސްވާ އަދި ދެޤައުމަށްވެސް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން ރައީސް މުއިއްޒު ވަނީ ފާޅުކުރައްވާފައެވެ.

 

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement