ނުރައްކާތެރިކޮށް ލޯންޗް ދުއްވި ކެޕްޓަނުންގެ ލައިސަންސް ވަގުތީ ގޮތުން ހިފަހައްޓައިފި
ނުރައްކާތެރިކޮށް ލޯންޗް ދުއްވަނީ: ފޮޓޯ-ވީޑިއޯ ސްކްރީން

ނުރައްކާތެރިކޮށް ލޯންޗް ދުއްވި ކެޕްޓަނުންގެ ލައިސަންސް ވަގުތީ ގޮތުން ހިފަހައްޓައިފި

10 days ago - 13:08
Advertisement

ނުރައްކާތެރިކޮށް ލޯންޗް ދުއްވި ކެޕްޓަނުންގެ ލައިސަންސް ވަގުތީ ގޮތުން ހިފަހައްޓައިފި އެވެ.

އއ.ތޮއްޑުއަށް ދަތުރުކުރި ތިން ލޯންޗެއްގެ ކެޕްޓަނުން ތޮއްޑޫ ފަޅަށް ވަންނަން ދިޔައިރު ނުރައްކާތެރިކޮށް ދުއްވި މައްސަލައެއް ފުލުހުން ބަލަން ފެށީ ސޯޝަލް މީޑިޔާގައި އެވީޑިއޯ ދައުރުގެ ސަމާލުކަމަށް އައިސްގެންނެވެ. އެމައްސަލަ ބަލަމުންދާކަން ފުލުހުން ވަނީ ކުރިން ހާމަކޮށްފައެވެ.

މިއަދު ފުލުހުން ބުނީ ލޯންޗް ދުއްވި ތިން މީހުންގެ ލައިސަންސް ވެސް ވަގުތީ ގޮތުން ހިފަހައްޓާފައިވާ ކަމަށެވެ. ލައިސަންސް ހިފެހެއްޓީ މިމަހުގެ 5 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭޝަން އަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މައްސަލައާ ގުޅިގެން އަޅާނެ ދާއިމީ ފިޔަވަޅެއް ނިންމާނީ ޓްރާންސްޕޯރޓް މިނިސްޓްރީން ކަމަށް ފުލުހުން ބުންޏެވެ. ސޯޝަލް މީޑިޔާގައު ދައުރުވަމުން ދިޔަ ވީޑިއޯއިން ފެންނަނީ ތިން ލޯންޗެއް ރޭސް ޖަހާ ގޮތަށް ތޮއްޑޫ ފަޅަށް ވަން މަންޒަރެވެ. އެތިން ލޯންޗަކީ ނަސްރު, ރަމްޒު އަދި ރިލްކްސް ގޯލްޑްއެވެ.

Advertisement

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement