ރައީސް މުމްބާއީގައި, ދައުވަތު ދެއްވީ ރާއްޖޭގައި އިންވެސްޓް ކުރަން
ރައީސް މުއިއްޒު މުމްބާއީގައި: ފޮޓޯ-ރައީސް އޮފީސް

ރައީސް މުމްބާއީގައި, ދައުވަތު ދެއްވީ ރާއްޖޭގައި އިންވެސްޓް ކުރަން

1 month ago - 07:37
Oct 9, 2024 - 07:37
Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މުމްބާއީއަށް ވަޑައިގެން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ދައުވަތު ދެއްވައިފިއެވެ.

ރާއްޖޭގެ ޓޫރިޒަމާއި ވިޔަފާރި ޕްރޮމޯޓްކުރަން ބޭއްވި އިވެންޓްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމަށް ރާއްޖޭގައި ފަހި ފުރުޞަތުތަކެއް އެބަހުރިކަމަށެވެ. އެގޮތުން ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކުގައްޔާއި، ލަގްޒަރީ ޕްރައިވެޓް އައިލެންޑްތަކުގައްޔާއި، ތިމާވެއްޓާ ރަޙުމަތްތެރި ރިސޯޓާއި އިންޓަގްރޭޓަޑް ޓުވަރިޒަމުގެ މަޝްރޫޢުތަކުގައި އިންވެސްޓުކުރުމުގެ ފުރުޞަތުތައް ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބައްދަލުވުންތަކާއި، އިންސެންޓިވްތަކާއި، މަހާސިންތާތަކާއި، މައުރަޒުތަކަށް ޚާއްޞަ ނުވަތަ "މައިސް ޓުވަރިޒަމް" ފަދަ ފަތުރުވެރިކަމުގެ އައު ބާވަތްތައް ތަޢާރަފުކުރުމަށް އަމާޒުކުރައްވައިގެން، ފަތުރުވެރިކަމުގެ ލާސާނީ ތަޖުރިބާތަކެއް ފަރުމާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އައްޑޫ ސިޓީގައި އަލަށް 10 އެނދު, އަދި ގއ އާއި ގދ އަތޮޅުގައި 10,000 އެނދު ތަރައްޤީ ކުރައްވާނެ ކަމަށެވެ.

Advertisement
Advertisement

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ބޮލީވޮޑްގެ މަޝްހޫރު ބައެއް ތަރިންވެސް ބައިވެރިވި 'މޯލްޑިވްސް އިންޑިޔާ ނެޓްވޯކިންގ އީވްނިންގ' ގައިވެސް ބައިވެރިވެވަޑައިގެން ބޮލީވުޑްގެ ތަރިންނަށްވެސް ރާއްޖެ އައުމުގެ ދައުވަތު ދެއްވާފައެވެ. އަދި ރާއްޖޭގައި ބޮލީވުޑްގެ ފިލްތައް ޝޫޓްކުރުމުގެ ދައުވަތުވެސް ދެއްވިއެވެ. އެބައްދަލުވުމުގައި ގިނައިން ބައިވެރިވީ ރާއްޖެއަށް މީގެކުރިން ފަތުރުވެރިންގެ ގޮތުގައި ޒިޔާރަތްކުރި ތަރިންނެވެ. އެތަރިން ވަނީ ރާއްޖެއަށް އޮތް ލޯބިވެސް އެބައްދަލުވުމުގައި ބަންޑުންކޮށްފައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement