ބައްސާމް ދެ އެޕާރޓްމަންޓްވެސް ހަވާލުކޮށްފި
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިޔާނާތުގެ ފައިސާއިން ގަންކަމަށް ތުހުމަތު ކުރާ ދެ އެޕާރޓްމަންޓްވެސް ފުލުހުންނާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ ދެއެޕާރޓްމަންޓް ހަވާލުކުރަން ދިން މުއްދަތުގެ ވަގުތުގައި ހަވާލުކޮށްފައިވާ ކަމަށެވެ. އެޕާރޓްމަންޓް ހަވާލުކުރަން ދިން ސުންގަނޑިއަކީ ރޭގެ 12:00 އެވެ. އެވަގުތު ދެއަޕާރޓްމަންޓް ހަވާލުކޮށްފައިވާކަން ފުލުހުން ކަށަވަރުކޮށްދިނީ ރޭ 12:32 ގައެވެ. އެދެއެޕާރޓްމަންޓްވެސް ފުލުހުންނާ ހަވާލުކުރީ ހުޅުމާލެ ކޯޓުން ކުރި އަމުރަކަށެވެ. ހުޅުމާލޭގައި އަމިން އެވެނިއު އިން ގަން ކަގްޒަރީ ދެ އެޕާރޓްމަންޓް ގަތީ ކޮވިޑް ދުވަސްވަރު ކްލަބްތަކަށް އެހީވުމަށް ފީފާއިން ދިން ލޯނު އެހީން ކަމަށް ތަހުގީގަށްފަހު ފުލުހުން ވަނީ ބުނެފައެވެ. އެމައްސަލައިގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ. ބައްސާމްގެ އިތުރުން އަމިން ކޮންސްޓްރަކްޝަންގެ މައްޗަށާއި, އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލާއި, އެފްއޭއެމްގައި އޭރު މަސައްކަތް ކުރެއްވި ހަސަން ވަހީދުގެ މައްޗަށްވެސް ދައުވާ ކުރެއެވެ.
ބައްސާމްގެ މައްޗަށް ގިނަ ތުހުމަތުތަކެއް މިހާރުވެސް ވަނީ ކޮށްފައެވެ. އަދި އޭނާ ހުރީ ފުޓްބޯޅައިގެ ހަރަކާތްތަކުން 9 މަސް ދުވަހަށް ސަސްޕެންޑްވެސް ކޮށްފައެވެ.
ރިއެކްޝަންސް