ހުޅުމާލޭގައި ބަންގްލަދޭޝް މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި

ހުޅުމާލޭގައި ބަންގްލަދޭޝް މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި

2 hours ago - 22:12
Advertisement
Advertisement

ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް، އޭނާ ރަހީނުކުރި މައްސަލައެއްގައި ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.


މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 މާރިޗު 25 ވަނަ ދުވަހުއެވެ. މައްސަލަ ހުށަހެޅުމާއެކު، ރަހީނުކުރި މީހާ ސަލާމަތްކުރުމަށް ފުލުހުން ކުރި މަސައްކަތުން، އޭނާ ފެނިފައިވަނީ ވިލިމާލެއިންނެވެ. ފުލުހުން އޭނާ ސަލާމަތްކުރުމަށްފަހު، ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވެއެވެ. ފަރުވާއަށްފަހު މިހާރު އޭނާ ވަނީ ދޫކޮށްލާފައެވެ.


މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ. އެއީ:

އެމް.ޑީ ހޮސައިން (30އ)
އެމް.ޑީ މެހެދި ހަސަން (34އ)
އެމް.ޑީ ޝާ އަލަމް (39އ)
ސަރފިފް ހަސަން (38އ)
ރަސަލް (20އ)

Advertisement
Advertisement

މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެންމެންވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.


މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން މަޢުލޫމާތު ދެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement