ވީއައިއޭގެ ސީޕްލޭން ޓާމިނަލް ކައިރިން ޓީއެމްއޭގެ ބޯޓެއް ދިޔަވެ، އަޑިއަށްދާން ފަށައިފި

ވީއައިއޭގެ ސީޕްލޭން ޓާމިނަލް ކައިރިން ޓީއެމްއޭގެ ބޯޓެއް ދިޔަވެ، އަޑިއަށްދާން ފަށައިފި

12 hours ago - 15:42
Advertisement
Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ސީޕްލޭން ޓާމިނަލުން ފުރަން އުޅުނު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނެއް ދިޔަވެ، އަޑިއަށްދާން ފަށައިފިއެވެ.


މިއަދު މެންދުރުފަހުގެ ވަގުތެއްގައި ހިނގި މި ހާދިސާ ހިނގަން މެދުވެރިވީ، އެ ބޯޓު ނައްޓާލަން އުޅުމުގެ ތެރޭގައި ސީޕްލޭންގެ ދެ ކަނދުގެ ތެރެއިން އެއް ކަނދު ހަލާކުވެގެން ކަމަށް މަޢުލޫމާތު ލިބެއެވެ.


މި ހާދިސާ ހިނގި ވަގުތު އެ ބޯޓުގައި ފަޅުވެރިންގެ އިތުރުން ފަތުރުވެރިން ވެސް ތިބި ކަމަށް ވަނީ އެނގިފައެވެ. ނަމަވެސް ބޯޓުގައި ދަތުރުކުރީ ޖުމްލަ ކިތައް މީހުން ކަމެއް އަދި މިހާތަނަށް މުޅިން ސާފުވާގޮތެއް ނުވެއެވެ.


ބޯޓުގެ ކަނދު ހަލާކުވެ، އަޑިއަށްދާން ފެށުމާއެކު އޭގައި ތިބި މީހުން ވަނީ ސަލާމަތްވުމަށްޓަކައި މޫދަށް ފުންމާލައިފައެވެ. އެހެންނަމަވެސް، ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ މީހުން ވަނީ ސަލާމަތްކޮށް، ފާލަމާ ހަމައަށް ގެންގޮސްފައެވެ. އަދި ދިޔަވަމުންދިޔަ އެ ސީޕްލޭން ވެސް މިހާރު ވަނީ ފާލަމާ ކައިރިކޮށްފައެވެ.


މި ހާދިސާއާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއު ޓީމުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

                    

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement