ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފޮނުއްވައިފި
ދިވެހިރާއްޖޭގެ ފަޚުރުވެރި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
މި މުނާސަބަތާ ގުޅިގެން މީސްމީޑިއާގެ އެކްސް މަންސައިގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވަނީ، ދިވެހި ލޮބުވެތި ރައްޔިތުންނަށް ފާގަތިކަމާއި ބާއްޖަވެރިކަމަށް އެދިވަޑައިގެންފައެވެ. އަދި ޖުމްހޫރީ ވެރިކަމުގެ ހިޔަލުގައި، މި ޤައުމަށް އިތުރު ކުރިއެރުމާއި ތަމައްދުނު މިންވަރުކުރެއްވުން އެދިވަޑައިގެން މާތް ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.
ފަސްޓްލޭޑީ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، "ދިވެހި ލޮބުވެތި ރައްޔިތުންނަށް ފާގަތިކަމާއި ބާއްޖަވެރިކަމަށް އެދެމުން، ފަޚުރުވެރި ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދަންނަވަން. ޖުމްހޫރީ ވެރިކަމުގެ ހިޔަލުގައި، މި ޤައުމަށް އިތުރު ކުރިއެރުމާއި ތަމައްދުން، މާތްﷲ މިންވަރުކުރައްވާށި. އާމީން." މިފަދައިންނެވެ.
ކޮންމެ އަހަރެއްގެވެސް ނޮވެންބަރު މަހުގެ 11 ވަނަ ދުވަސް ފާހަގަކުރަނީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ގޮތުގައެވެ.
ރިއެކްޝަންސް





