
އެންމެ ޗާލު އިޙްސާސަކީ މަންމަގެ ފިރުމައިލުމާއި ބޮސްދިނުން – މެޑަމް ސާޖިދާ
އެންމެ ޗާލު އިޙްސާސަކީ މަންމަގެ ފިރުމައިލުމާއި ބޮސްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ މަންމައިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވުމުގެ ގޮތުން ކުރެއްވި ޕޯސްޓްގައި މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ ދަރިއަކަށް ކުރެވޭނެ އެންމެ ތެދުވެރި، އެންމެ އޯގާތެރި، އެންމެ ލޯބި، އެންމެ ސާފު، އެންމެ ހިތްގައިމު އިހުސާސް އަކީ މަންމައެއްގެ ފިރުމައިލުމާއި ބޮސްދިނުން ކަމަށެވެ. އަދި އެންމެ ޗާލު އިޙްސާސަކީ ވެސް މަންމަގެ ފިރުމައިލުމާއި ބޮސްދިނުންކަމަށް ވިދާޅުވިއެވެ.
" އެ އަގުހުރި ގުރުބާނީއަށް އެންމެ މަތިވެރި ދަރުމައާއި ސަވާބަށް އެދި ދުޢާކުރަމުން، މަންމައިންނަށް މި އުފާވެރި ދުވަހުގެ މަރްޙަބާއާއި ޝުކުރު ދަންނަވަން." މެޑަމް ސާޖިދާ ވިދާޅުވިއެވެ.
ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ މަންމައިންގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ އެންމެ އަގުހުރި ޤުރުބާނީ އާއި މައިވަންތަކަމުގެ ލޯބި ކަމަށެވެ. ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ މަންމައިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
" މި އުފާވެރި ދުވަހުގެ ތަހުނިޔާ މަންމައިންނަށް ފޮނުވަނީ ހެޔޮ ދުޢާތަކާ އެކު." ރައީސް ވިދާޅުވިއެވެ.
ރިއެކްޝަންސް






