ސްޕްރީމް ކޯޓްގެ ދެ ފަނޑިޔާރުން ވަކިކުރަން ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި
ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

ސްޕްރީމް ކޯޓްގެ ދެ ފަނޑިޔާރުން ވަކިކުރަން ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި

ކޮމިޓީގެ ނިންމުން ފާސްކުރީ ޕީއެންސީގެ މެމްބަރުންގެ ވޯޓުން

1 day ago - 17:38
May 11, 2025 - 17:46
Advertisement
Advertisement

ސްޕްރީމް ކޯޓްގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ.އަޒްމިރަލްދާ ޒާހިރު އާއި އަލްއުސްތާޛު މަހާޒު އަލީ ޒާހިރު ވަކިކުރަން ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެގޮތަށް ފާސްކުރީ ޕީއެންސީގެ މެމްބަރުންގެ ވޯޓުންނެވެ.

ވޯޓްނެގިއިރު ކޮމިޓީގައި ހިމެނިވަޑައިގަންނަނާ އެމްޑީޕީގެ ދެ މެމްބަރުން ވަނީ ކޮމިޓީ ބޮއިކޮޓް ކޮށްފައެވެ. ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު އާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ކޮމިޓީ ބޮއިކޮޓް ކުރެއްވީ ވަކިހިސާބަކުން ކޮމިޓީ ސިއްރުކުރަން ފާސްކުރުމުން, ސިއްރުން ކުރިއަށް ގެންދާ ކޮމިޓީގައި ބައިވެރިވާން ބޭނުން ނުވާ ކަމަށް ބުނެއެވެ. ކޮމިޓީން ޖޭއެސްސީގެ ނިންމުމާ އެއްގޮތަށް ފާސްކުރެއްވީ, ޖޭއެސްސީން ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ދެކިގެންނެވެ. 

ކޮމިޓީގެ ނިންމުން ދެން ފޮނުވާނީ މަޖިލިހުގެ ތަޅުމަށެވެ. ވަކިކުރާނީ މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓުންނެވެ. މަޖިލިހުގައި އޮތީ ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަރ މެޖޯރިޓީއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން ދެ ފަނޑިޔާރުން ވަކިކުރަން ފެންނަކަމަށް ނިންމެވި ވޯޓްގައި ދެކޮޅަށް ވޯޓް ދެއްވީ ދެ މެމްބަރުންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކުޑަ ކޮމިޓީއަކުން މައްސަލަ ދިރާސާކުރުމަށްފަހު ކޮމިޓީއަށް ހުށަހެޅުއްވީވެސް ދެ ފަނޑިޔާރުން ވަކިކުރަން ފެންނަކަމަށެވެ. އެއީ ތިން އެކޮމިޝަންގެ ތިން މެމްބަރުންގެ ކޮމިޓީއަކުންނެވެ.

Advertisement
Advertisement

ދެފަނޑިޔާރުންގެ މައްޗަށް ކުރާ ތުހުމަތަކީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓްގެ ފަނޑިޔާރަށް ނުފޫޒު ފޯރުވި ކަމަށް ބުނެއެވެ. އެދެފަނޑިޔާރުން ފެބްރުއަރީ 26 ގެ ފަހުން ތިއްބެވީވެސް ސަސްޕެންޝަންގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement