ލެސްޓަރ ސިޓީ އާ އެއްވަރުވެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރަން ނޮޓިންގްހަމް ފޮރެސްޓަށް އޮތް އުއްމީދަށް ހިޔަނި
ފޮރެސްޓް އަދި ލެސްޓަރ ސިޓީގެ މެޗުގެ ތެރެއިން. ފޮޓޯ: ރޮއިޓާސް

ލެސްޓަރ ސިޓީ އާ އެއްވަރުވެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރަން ނޮޓިންގްހަމް ފޮރެސްޓަށް އޮތް އުއްމީދަށް ހިޔަނި

1 day ago - 21:03
May 11, 2025 - 21:04

އިނގިރޭސި ޕްރިމިއަރލީގުގައި ނޮޓިންގްހަމް ފޮރެސްޓާއި ލެސްޓަރ ސިޓީ އާދިއްތަ ދުވަހު ބައްދަލުކުރި މެޗު 2-2 ން އެއްވަރުވެ, އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމަށް ފޮރެސްޓަށް އޮތް އުއްމީދުކުޑަވެއްޖެއެެވެ. މެޗުން އެއްވަރުވެ ނޮޓިންގްހަމް ފޮރެސްޓް ވަނީ ތާވަލްގެ ހަތްވަނަ އަށް ވެއްޓިފައެވެ.

މެޗު ފެށިގެން ފޮރެސްޓަށް ރަނގަޅަށް ގޭމްގެ ތެރެއަށް ނުވަދެވި އުޅެނިކޮށް ލެސްޓަރ އަށް 16 ވަނަ މިނިޓްގައި ލީޑް ނަގައިދިނީ ކޯނޮރ ކޯޑީ އެވެ. އޭގެ ނުވަ މިނިޓްފަހުން އެންތަނީ އެލަންގާ ނަގައިދިން ހިލޭޖެހުން ބޮލުންޖަހާ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ފޮރެސްޓަށް ނަތީޖާ އެއްވަރުކޮށްދިނީ މޯގަން ގިބްސް-ވައިޓްއެވެ. 

ދެވަނަ ހާފު ފެށިގެން 11 ވަނަ މިނިޓްގައި ފޮރެސްޓަށް ލީޑު ނަގައިދިނީ  ކްރިސް ވުޑްއެވެ. ގިބްސް ވައިޓް ތަނަވަސްކޮށްދިން ފުރުޞަތުގައި ކާމިޔާބު ކުރި ގޯލާއެކު މިއީ ވުޑް މިސީޒަނުގައި ކާމިޔާބުކޮށްދިން 20 ވަނަ ލީގު ގޯލެވެ.

ކެޕްޓަން ޖޭމީ ވާޑީ ތަނަވަސްކޮށްދިން ފުރުޞަތުގައި މެޗު ނިމެން ދަނިކޮށް 81 ވަނަ މިނިޓްގައި ލެސްޓަރ އަށް ނަތީޖާ އެއްވަރުކޮށްދިނީ ފަކުންޑޯ ބޮނަނޯއްޓޭ އެވެ. 

Advertisement
Advertisement

އާދިއްތަ ދުވަހު ނިއުކާސްލް ޔުނައިޓަޑް އާއި ޗެލްސީ ކުޅުނު މެޗު 2-0 ން ނިއުކާސަލް ކާމިޔާބުކޮށް, އެ ޓީމު ވަނީ 56 ޕޮއިންޓާއެކު ތާވަލްގެ 3 ވަނަ އަށް ކުރިއަށް ޖެހިލާފައެވެ. 63 ޕޮއިންޓާއެކު ޗެލްސީ އޮތީ ތާވަލްގެ 5 ވަނައިގައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow