ޓީޗިންގ ކޯސްތަކަށް އެންމެ ގިނަ ކުދިން ވަންނާނެ އަހަރަކީ މިއީ- މިނިސްޓަރ
އެޑިއުކޭޝަން މިނިސްޓަރ އިސްމާއީލް ޝަފީއު ވާހަކަ ދައްކަަނީ: ފޮޓޯ-އެޑިއުކޭޝަން މިނިސްޓްރީ

ޓީޗިންގ ކޯސްތަކަށް އެންމެ ގިނަ ކުދިން ވަންނާނެ އަހަރަކީ މިއީ- މިނިސްޓަރ

17 days ago - 14:04
Advertisement

ޓީޗިންގ ކޯސްތަކަށް އެންމެ ގިނަ ކުދިން ވަންނާނެ އަހަރަކީ މިއީ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އިސްލާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިފަދައިން ވިދާޅުވީ ބައިނަލް އަޤްވާމީ ހަތްވަނަ މުދައްރިސުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ އިސްމާއީލް ޝަފީއު ވިދާޅުވީ މިއަހަރު އަލަށް ޓީޗިންގ ހެދުމަށް 130 ކުދިން ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ އެންމެ ގިނައިން ޓީޗިންގެ ކޯސްތަކަށް ކުދިން ވަންނާނެ އަހަރުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެއާއެކު ދެން ވިދާޅުވީ އަދިވެސް ތައުލީމީ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މުދައްރިސުން މަދުވުމުގެ މައްސަލަ ކަމަށެވެ. ރާއްޖޭގައި މިހާރު ލިބެންހުރި ތަފާސް ހިސާބުތަކަށް ބަލާއިރު ކޮންމެ 8 ކުއްޖަކަށް ޓީޗަރެއް އެބަޖެހޭކަން ފާހަގަކުރައްވާ ވިދާޅުވީ މިއީ މިސަރަހައްދުގެ އެހެން ގައުމުތަކަށްވުރެ މަތީ ރޭޝިއޯއެއް ކަމަށެވެ.

މާލެ ސަރަހައްދުގައި ކޮންމެ އަށާރަ ނަވާރަ ކުއްޖަކަށް ޓީޗަރެއް ހުރިކަން ފާހަގަކުރައްވާ ވިދާޅުވީ އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ކޮންމެ ހަ ކުއްޖަކަށް, އަދި ދެ ކުއްޖަކަށްވެސް ޓީޗަރެއް ޖެހިފަ އެބަހުރި ކަމަށެވެ. ދައުލަތުން މިވަރުގެ ހޭދައެއް ކުރާއިރުވެސް ބޭނުންވާ ވަރަށް ޓީޗަރުން ނުލިބޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

Advertisement

ވަޒީރު ވިދާޅުވީ ޕްރައިމަރީއަށް ޚާއްޞަ ސްޕެޝަލް ޓީޗަރުންނަށް ބެލިޔަސް 250 ޓީޗަރުން މަދު ކަމަށެވެ. އިސްލާމް ދިވެހި މާއްދާތަކަށް ބެލިޔަސް ޓީޗަރުން މަދު ކަމަށް ވިދާޅުވިއެވެ.

"އިލްމީ ދިރާސާތަކުގެ އަލީގައި އަޅުގަނޑުމެން ދެނެގަންނަން އެބަޖެހޭ ކީއްވެގެންތޯ އޭލެވެލް ނިންމާ ކުދިން މުދައްރިސް ކަމުގެ ދާއިރާއަށް ވަންނަން އެހާ ޝައުގުވެރި ނުވަކނީ. ކޮންކަހަލަ ގޮންޖެހުންތަކެއްތޯ މިދާއިރާގަ މިހުރީ.  

" ވަޒީރު ވިދާޅުވިއެވެ.

ޓީޗަރުން ތަމްރީނު ކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެވައުދަށް އިޝާރާތް ކުރައްވާ ވަޒީރު ވިދާޅުވީ ރައީސް ވައުދުވެވަޑައިގެންނެވި ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަށް އެކަށީގެންވާ ވަރަށް ފައިސާ އެލޮކޭޓް ކޮށްފައިވާ ކަމަށެވެ.

ޓީޗިންގ ކޯސްތަކަށް މިއަހަރު ވަންނަ ކުދިންގެ އަދަދު އިތުވާނެކަމުގެ ޔަގީންކަން ދެއްވިއުރު, އޭލެވެލްއަށް ކިޔަވާ ކުދިންގެ އަދަދުވެސް މިއަހަރު އިތުރުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement