ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ  އިން ވަކިކުރަން ފަށައިފި
ގުޅިފަޅުން ދޫކުރި ގޯތިތަކުގެ އިން ވަކިކުރަނީ: ފޮޓޯ-ގެދޮރުވެރިކަމާބެހޭ ވުޒާރާ

ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އިން ވަކިކުރަން ފަށައިފި

8 months ago - 21:50
Sep 3, 2025 - 21:51
Advertisement
Advertisement

ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ  އިން ވަކިކުރަން ފަށައިފިއެވެ. މިއީ ބިންވެރިޔާ ސްކީމްގެދަށުން ދޫކުރި ގޯތި ތަކެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ވިދާޅުވީ ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އެމަސައްކަތް ކުރަމުންދާ ފޮޓޯތައްވެސް މިނިސްޓްރީން ވަނީ އާއްމުކޮށްފައެވެ.

އިން ވަކިކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައި މިވަނީ މިދިޔަ ސަރުކާރުގައި ހެދި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމަށްފަހުއެވެ. އަދި އެބަދަލާ ގުޅިގެން ގޯތީގެ ޕްލޮޓް ކަނޑައަޅަން އަލުން ގުރު ނެގުމަށްފަހު އެވެ.

އަލުން ގުރު ނެގުމަށްފަހު މިނިސްޓްރީން ވަނީ 1260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައެވެ. އަލުން ގުރު ނަގާ އެއްބަސްވުންތައް ހަވާލުކުރަން ފެށީ ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ބިމާބެހޭ ޤާނޫނާ ފުށުއަރާ ކަންތައްތަކެއްވެސް ހުރިކަން ފާހަގަކުރުމަށްފަހުއެވެ. ހުޅުމާލެ އާއި ގުޅިފަޅުން 9000 އަށްވުރެ ގިނަ ގޯތި ދޭން ވަނީ ނިންމާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement