ވ.ފެލިދޫ އާއި ތިނަދޫގައި ކުނި މެނޭޖްކުރާ މަރުކަޒު އަޅަން ހަވާލުކޮށްފި
ތިނަދޫ އާއި ފެލިދޫގައި ކުނި މެނޭޖްކުރާ މަރުކަޒު އަޅަން ހަވާލުކުރަނީ

ވ.ފެލިދޫ އާއި ތިނަދޫގައި ކުނި މެނޭޖްކުރާ މަރުކަޒު އަޅަން ހަވާލުކޮށްފި

8 months ago - 21:28
Sep 3, 2025 - 21:28
Advertisement
Advertisement

ވ.ފެލިދޫ އާއި ތިނަދޫގައި ކުނި މެނޭޖްކުރާ މަރުކަޒު އަޅަން ހަވާލުކޮށްފިއެވެ. އެދެރަށުގައި ކުނި މެނޭޖް ކުރާ މަރުކަޒު އަޅަން ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއިން އެ ދެރަށުގައި ހިންގާ މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރުގެ އެހީތެރިކަމާއެކު ހިންގާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން،  ދެ ރަށުގައި ވެސް ޒަމާނީ ފެންވަރަށް ކުނި މެނޭޖުކުރުމުގެ ހިދުމަތްތައް ގާއިމުކުރެވޭނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މިއީ ރަށްރަށުގެ ތިމާވެށި ރައްކާތެރިކޮށް، ސާފުތާހިރު މާހައުލެއް ގާއިމުކުރުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަން މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

މި މަރުކަޒުތައް ގާއިމުކުރުމުން، ވ. އަތޮޅުގެ މި ދެ ރަށުގެ ކުނި ނައްތާލުމުގެ ކަންކަން ހަރުދަނާވެ، ރައްޔިތުންނަށް ދުޅަހެޔޮ މާހައުލެއް ލިބިގެންދާނެކަން މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement