
އަންނަ ހަފްތާގައި ކަމަދޫއަށް ސީޕްލޭން ދަތުރުތައް ފަށަނީ
ހަފްތާއަކު ދެ ދުވަހު ދަތުރުކުރާނެ
އަންނަ ހަފްތާގައި ކަމަދޫއަށް ސީޕްލޭން ދަތުރުތައް ފަށާނެކަން މޯލްޑިވިއަންއިން އިއުލާނުކޮށްފިއެވެ.
މޯލްޑިވިއަން އިން މިއަދު ބުނީ ކަމަދޫ އަށް ސީޕްލޭންގެ ދަތުރުތައް ފަށާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ. ހަފްތާއަކު ދެ ދުވަހު ކަމަދޫ އަށް ސީޕްލޭން ދަތުރު ކުރަން މޯލްޑިވިއަން އިން ވަނީ ނިންމާފައެވެ. އެއީ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހެވެ.
ކަމަދޫ އަށް ސީޕްލޭން ދަތުރުތައް ފެށުމަކީ މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާ ބ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ކަމަދޫއަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދެކެވެ.
ކަމަދޫއަކީ ލޯކަލް ޓޫރިޒަމްގައި ކުރިއަރަމުން އަންނަ އަދި ދިވެހިން ވެސް ގިނަ އަދަދަކަށް ޒިޔާރަތްކުރާ ރަށެކެވެ.
ރިއެކްޝަންސް






