ތުޅާދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ތުޅާދޫއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަން މަސްތުވާތަކެތި: ފޮޓޯ-ފުލުހުން

ތުޅާދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

މީހަކު ހައްޔަރެއް ނުކުރޭ

8 months ago - 12:22
Sep 3, 2025 - 13:19
Advertisement
Advertisement

ބ. ތުޅާދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ތުޅާދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެތެރެވުމުގެ ކުރިން ފުލުހުން މަސްތުވާތަކެތި ހޯދީ އިއްޔެއެވެ. ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނުގައި، ތުޅާދޫ ބަނދަރުގައި އޮތް ފެރީ ލޯންޗަކަށް އަރައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅު ތަކެއް ފެނުނު ކަމަށެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 6.73 ގުރާމް ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ތަކެތި ފެނިފައިވަނީ ފެރީގައި އޮތް ކޮތަޅެއްގެ ތެރެއިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް  މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement