ރާއްޖެއަށް އެތެރެކުރަން އުޅުނު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިއްޔެ ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ކަމަށެވެ. 
މިދިޔަ އަހަރުގެ ފަހު ކޮޅުވެސް ކަސްޓަމްސްއިން ވަނީ ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. 
ރިއެކްޝަންސް
                    
                
                    
                
                    
                
                    
                
                    
                
                    
                
                    
                


        




                                

                                                                                                                                            
                                                                                                                                            
                                                                                                                                            
