އެފްޑީސީ އެޗްޑީސީގެ ދަށަށް ބަދަލުކޮށް, މުޅިރާއްޖޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެކުންފުންޏަށް
ގެދޮރުވެރިކަމާ ބެހޭ ވަޒީރު ހައިދަރު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ: ފޮޓޯ-ރައީސް އޮފީސް

އެފްޑީސީ އެޗްޑީސީގެ ދަށަށް ބަދަލުކޮށް, މުޅިރާއްޖޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެކުންފުންޏަށް

އާބަން ސެންޓަރުތަކުގެ މާސްޓަރ ޑިވެލޮޕަރަކަށް ވާނީ އެޗްޑީސީ

15 days ago - 18:25
Sep 1, 2024 - 18:28
Advertisement

އެފްޑީސީ އެޗްޑީސީގެ ދަށަށް ބަދަލުކޮށް, މުޅިރާއްޖޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެކުންފުނީގެ ދަށުން ކުރާ ގޮތަށް ސަރުކާރުން ނިންމަވައިފިއެވެ.

ވަޒީރުންގެ މަޖިލިހުން މިއަދު ނިންމެވީ ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށަށް ބަދަލުކުރާށެވެ. އަދި މުޅި ރާއްޖޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެކުންފުންޏާ ހަވާލުކުރަން ވަނީ ނިންމަވާފައެވެ. ފަހިދިރިއުޅުން ކޯޕަރޭޝަނަކީ މިހާރުވެސް މާލެ ސަރަހައްދުގެ އަސާސީ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއުއެއް ކުރިއަށްގެންދާ ކުންފުންޏެކެވެ.  ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެޗްޑީސީގެ ސަބްސިޑަރީ ކުންފުންޏަކަށް އެފްޑީސީ ވުމަށްފަހު ސޯޝަލް ހައުސިންގެ މަސައްކަތްތައް ކުރާނީ އެފްޑީސީން ކަމަށެވެ. އެބަދަލާއެކު އެޗްޑީސީނމާސްޓަރ ޑިވެލޮޕަރެއްގެ ގޮތުގައި ކުރިއަށް ގެންދާ ގުޅިފަޅާއި, ގިރާވަރު ފަޅާއި, ހުޅުމާލެގެ ހައުސިންގ މަޝްރޫއުތައްވެސް މާސްޓަރ ޑިވެލޮޕަރެއްގެ ގޮތަށް ކުރިއަށް ގެންދާނީ އެފްޑީސީން ކަމަށެވެ. އެކަމަކު އެމަސައްކަތް ކުރާނީ އެޗްޑީސީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އޮވެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވައީރު ހައިދަރު ވިދާޅުވީ ގެންނަ ބަދަލާއެކު ސަރުކާރުން އާވާދުކުރަން ނިންމާފައިވާ އާބަން ސެންޓަރުތަކުގެ މާސްޓަރ ޑިވެލޮޕަރަކަށް ވާނީ އެޗްޑީސީ ކަމަށެވެ. އަދި މިބަދަލާއެކު މުޅި ރާއްޖޭގައިވެސް އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރާނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ކަމަށް ހައިދަރު ވިދާޅުވިއެވެ.

މީގެއިތުރުން ސަރުކާރުގެ ވިސްނުމަކީ އެޗްޑީސީ ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް, ރައްޔިތުންނަށް ހިއްސާ ވިއްކުމެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement