އެމްއޭސީއެލްއާއި ރީޖަނަލް އެއަޕޯރޓްސް އެއްކޮށްލެވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް
މިނިސްޓަރ ސައީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ފޮޓޯ-ރައީސް އޮފީސް

އެމްއޭސީއެލްއާއި ރީޖަނަލް އެއަޕޯރޓްސް އެއްކޮށްލެވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް

ކުންފުނީގެ ދަށަށް 8 އެއަޕޯޓެއް ދާނެ

15 days ago - 18:37
Sep 3, 2024 - 11:27
Advertisement

އެމްއޭސީއެލްއާއި ރީޖަނަލް އެއަޕޯރޓްސް އެއްކޮށްލެވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކަމަށް ސަރުކާރުން ބުނެފިއެވެ. އެދެކުންފުނި އެއްކޮށްލަން މިއަދު ވަޒީރުންގެ މަޖިލިހުން ނިންމެވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ އެއަމާޒަށް ވާސިލްވެވޭނެ ކަމަށް ކެބިނެޓުން ނިންމެވީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ގެ ނިޔަލަށް ކަމަށެވެ.

މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީއާ ރީޖަނަލް އެއަޕޯރޓްސް އެއްކޮށްލުމަށް ކޯޕަރޭޓް ގަވަރނަންސްގެ އުސޫލުން ނިންމަންޖެހޭ ނިންމުންތައް ނިންމާލެވޭނީ އެހާތަނަށް ކަމަށް ވިދާޅުވިއެވެ. އެބަދަލަކީ ޚަރަދު ވަރަށް ބޮޑުތަނުން ކުޑަވާނެ ބަދަލެއްކަން މިނިސްޓަރ ސައީދު ފާހަގަކުރެއްވިއެވެ. އެއީ ކުއްޔެއް ދެއްކުމެއް ނެތި ބޮޑު ބިމެއްގައި ފައިދާގައި ހިންގާ އެމްއޭސީއެލްއ ރީޖަނަލް އެއަޕޯރޓްސް އެއްކޮށްލުމުން, ރީޖަނަލް އެއަޕޯރޓްސްއަށް މިހާރު ކުރަންޖެހޭ ވަރަށްބޮޑު ޚަރަދެއް ކުޑަކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

" ވަރަށްބޮޑު ސޭވިންގ އެއް ހަގީގަތުގައި އަންނާނެ. އަދި ވަރަށްބޮޑު އެލައިންމަންޓެއް, ވަރަށްބޮޑު ކުރިއެރުންތަކެއްވެސް އަންނާނެކަން ހަމަ ފާހަގަކޮށްލަން " ސައީދު ވިދާޅުވިއެވެ.

މިބަދަލާއެކު ހަނިމާދޫ އިންޓަރނޭޝަނަލް އެއަޕޯރޓް ހިމެނޭ ގޮތަށް އަށް އެއަޕޯޓެއް މިމަސައްކަތުގެ ތެރޭގައި މާޖްކުރެވޭނެއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement