އަންހެނަކު ރަހީނުކުރި އަތުހަރު އަމިއްލައަށް މަރުވާން އުޅެގެން ހޮސްޕިޓަލްގައި ފަރުވާދެނީ
އަތުހަރު މަސައްކަތް ކުރީ އަމިއްލަ އަށް މަރުވާން

އަންހެނަކު ރަހީނުކުރި އަތުހަރު އަމިއްލައަށް މަރުވާން އުޅެގެން ހޮސްޕިޓަލްގައި ފަރުވާދެނީ

ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުން

15 days ago - 20:00
Sep 1, 2024 - 20:03
Advertisement

އަންހެނަކު ރަހީނުކުރި އަތުހަރު އަމިއްލައަށް މަރުވާން އުޅެގެން ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

ށ.މިލަންދޫ އާދަމް އަތުހަރު އަމިއްލައަށް މަރުވެއްޖެ ކަމަށް ބައެއް މީޑިޔާތަކުން ރިޕޯރޓް ކޮށްފައި ވަނިކޮށް ފުލުހުން ބުނީ އޭނާ މަރުވާން އުޅެނިކޮށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާކަމަށެވެ. އޭނާ މަރުނުވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ ތަރުޖަމާނު އަހުަމަދު ޝިފާނު ވިދާޅުވިއެވެ. އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކުރީ ފުލުހުންގެ ބަންދުގައި ހުއްޓައެވެ. ނަމަވެސް މަރުވާން މަސައްކަތް ކުރީ ކިހިނެއްކަމެއް ފުލުހުން ނުބުނެއެވެ.

އަތުހަރު ބުރާސްފަތި ދުވަހުގެރޭ ހައްޔަރުކުރީ އަންހެނަކު ރަހީނުކޮށް ކަރުގައި ވަޅި ޖައްސައިގެން އިންޒާރު ދެމުން ދަނިކޮށް ބާރުގެ ބޭނުންކޮށްގެންނެވެ. ބާރުގެ ބޭނުން ކުރުމުން އަތުހަރަށް އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާ ދިނެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލުމުންނެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement