
ގުޅީގައި ފާނަބަސަންދު ފެތުރުން ކޮންޓްރޯލްކޮށްފި
22 މީހަކަށް ފާނަބަސަދް ޖެހުނު
ކ. ގުޅީގައި ފާނަބަސަންދު ފެތުރުން ކޮންޓްރޯލް ކުރެވިއްޖެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
މިމަހު ކ.ގުޅީގައި ފާނަބަސަންދުގެ ކޭސްތަކެއް އިތުރުވެ ފެތުރެން ފެށުމުން ކަންބޮޑުވުންތަކެއް އުފެދުނެވެ. ނަމަވެސް މިދިޔަ ތިން ދުވަހު އިތުރު އެއްވެސް ކޭސްއެއް ފެނިފައިނުވާކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ. އެރަށުގައި ފާނަބަސަންދު ފެތުރުން ކޮންޓްރޯލް ކުރެވުނުއިރު މިހާތަނަށް އެ ރަށުން 22 މީހަކަށް ފާނަބަސަންދު ޖެހިފައި ވެއެވެ.
ފާނަބަސަންދު ޖެހިގެން ދެ މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދިނެވެ. ނަމަވެސް، އެ ދެމީހުންވެސް މިހާރު ދޫކޮށްލާފައިވާކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ. މިވަގުތު ސީރިއަސް ވެގެން ފަރުވާދެމުންދާ މީހަކު ނެތްކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ގުޅީގައި ފާނަބަސަންދު ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިހާތަނަށް 87 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އޭގެ ތެރޭގައި ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އާއްމުން ހިމެނޭ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރުން އާއްމުންނާއި، ސްކޫލް ކުދިންނާއި ބެލެނިވެރިންނަށް ބައްޔާއި ގުޅޭ މައުލޫމާތު ދިނުމުގެ ޙަރަކާތްތަކެއްވެސް އެ ރަށުގައި ކުރިއަށް ގެންދިޔައެވެ.
އެޗްޕީއޭ ގެ ތަފާސްހިސާބުތަކަށް ބަލާއިރު ފާނަބަސަންދުގެ ކޭސްތައް އާންމުކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ކޮންމެ އަހަރަކު ވެސް ރިޕޯޓް ކުރެއެވެ.
ރިއެކްޝަންސް






