ކުޅިވަރުގެ ވަޒީރުގެ އެޑްވައިޒަރަކަށް މާއްޓޭ އަދި ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރަކަށް ހާނިމް އައްޔަންކޮށްފި

ކުޅިވަރުގެ ވަޒީރުގެ އެޑްވައިޒަރަކަށް މާއްޓޭ އަދި ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރަކަށް ހާނިމް އައްޔަންކޮށްފި

1 hour ago - 19:29
Advertisement
Advertisement

ކުޅިވަރުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން، ކުޅިވަރާ ބެހޭ ވަޒީރުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް މައުރޫފް އަހުމަދު (މާއްޓޭ) އަދި ޑެޕިއުޓީ ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަގާމަށް ކުރީގެ އެތުލީޓް މުހައްމަދު ހާނިމް މިއަދު އައްޔަންކުރައްވައިފިއެވެ.


މި އައްޔަންކުރެއްވުންތަކުގެ ތެރެއިން މައުރޫފް އަހުމަދު (މާއްޓޭ) އައްޔަންކުރައްވާފައިވަނީ "ސްޕެޝަލް އެޑްވައިޒަާ ޓު ދަ މިނިސްޓާ އޮން ސްޕޯޓްސް ޑީސެންޓްރަލައިޒޭޝަން"ގެ މަގާމަށެވެ. މިއީ ރާއްޖޭގެ ކުޅިވަރު ލާމަރުކަޒީ އުސޫލުން ހިންގުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އުފެއްދެވި މަގާމެކެވެ. މާއްޓޭ އަކީ ދިވެހި ފުޓްބޯޅައިގެ ތާރީހުގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު އެއް ގޯލްކީޕަރުގެ އިތުރުން، ކޯޗިން އާއި ހިންގުމުގެ ދާއިރާގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާއި ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުވެސް މީގެ ކުރިން ފުރުއްވާފައެވެ.


ޑެޕިއުޓީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް އައްޔަންކުރެއްވި މުހައްމަދު ހާނިމަކީ ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އެ މަގާމަށް އައްޔަންކުރެވުނު، ކުޅިވަރުގެ ދާއިރާގައި ގިނަގުނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ހާނިމަކީ 1988 ވަނަ އަހަރުގެ ސޯލް އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރި އެތުލީޓެއްގެ އިތުރުން، އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނަވައި ރާއްޖޭގެ އެތުލެޓިކްސް އާ އުސްމިންތަކަކަށް ގެންދިއުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި ފަރާތެކެވެ.


މީގެ އިތުރުން، ހާނިމް ވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމާއި، 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ތިން ވަނަ ހޯދައި ތާރީހީ ކާމިޔާބީއެއް ހޯދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މެނޭޖަރުކަންވެސް ކޮށްފައެވެ. އޭނާ މިހާރުވެސް ގެންދަވަނީ ސްކޭޓިން އެސޯސިއޭޝަނުގެ ރައީސްގެ މަގާމު ފުރުއްވަމުންނެވެ.


މި ބަދަލުތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުޅިވަރުގެ އިދާރީ އޮނިގަނޑު ހަރުދަނާކޮށް، ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދާއެކު ކުޅިވަރު ކުރިއެރުވުމަށް އަޅަމުންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement