ރުފިޔާ އެކައުންޓުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތް ހަދައިފި
ބޭންކް އޮފް މޯލްޑިވްސް

ރުފިޔާ އެކައުންޓުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތް ހަދައިފި

އަލިއެކްސްޕްރެސް އިން އެއްޗިހި ގެނެވޭނީ ޑޮލަރު އެކައުންޓެއް އޮވެގެން

27 days ago - 11:27
Aug 25, 2024 - 11:29
Advertisement

ރުފިޔާ އެކައުންޓުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތް ދިވެހިންގެ ބޭންކުން ހަދައިފި އެވެ

ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ބުނީ ކާޑްގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއް ނަމަ ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށެވެ. މާނައަކީ ޑޮލަރު އެކައުންޓެއް ނެތި އަދި އެއެކައުންޓަކީ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ހަމަނުޖައްސާ އަލިއެކްސްޕްރެސް ފަދަ ޕްލެޓްފޯމް ތަކުން އޯޑަރކޮށްގެން ތަކެތި ނުގެނެވުމެވެ. މީގެއިތުރުން ބޭންކް އޮފް މޯލްޑިވްސް އިން ބުނީ މިއަދުން ފެށިގެން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑްގެ ޕްރައިމަރީ އެކައުންޓަކީ ޑޮލަރު ދިވެހި ރުފިޔާ އެކައުންޓެއް ނަމަ ބޭރުފައިސާގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށެވެ. މިބަދަލާއެކު ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއް ނަމަ ރާއްޖެއިން ބޭރުގައިވެސް އެކާޑުން ފައިސާގެ މުއާމަލާތް ނުކުރެވޭނެއެވެ. 

މީގެއިތުރުން ބޭންކުން ވަނީ މިހާރު ދޫކޮށްފައިވާ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑްތަކުން ރާއްޖެއިން ބޭރުން މަހެއްގެ މައްޗަށް ކުރެވޭ މުއާމަލާތްވެސް 100 ޑޮލަރަށް ދަށްކޮށްފައެވެ. މިބަދަލާ ހަމައަށް ކްރެޑިޓް ކާޑުން 750 ޑޮލަރުގެ ވިޔަފާރި ކުރެވެއެވެ. އަދި ޑެބިޓް ކާޑުން 250 ޑޮލަރުގެ ވިޔަފާރި ކުރެވެއެވެ. ބޭންކުން ބުނީ ޔޫއެސް ޑޮލަރު އެކައުންޓަށް އަލަށް ދޫކުރާ ކާޑާއި, މިހާރުވެސް ބީއެމްއެލް ޑެބިޓް ކާޑް ގެންގުޅޭ ފަރާތްތަކަށް ބޭރުގެ މުއާމަލާތް ކުރުމަށް ކާޑް ބޭނުން ކުރެވޭނެ ކަމަށެވެ. ޑޮލަރުގެ މުއާމަލާތް ކުރެވޭނީ ޑޮލަރު އެކައުންޓަކާއެކު ޕްަރައިމަރީ އެކައުންޓްގެ ގޮތުގައި އެއެކައުންޓް ކަނޑައަޅާފައި ވާނަމައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިބަދަލު ގެނެސްފައި މިވަނީ ބީއެމްއެލްގެ ބޯޑް މެމްބަރު ކަމުން އައިޝަތު ނޫރައްދީން އިއްޔެ ވަކިކުރެއްވުމަށްފަހު އެވެ. އޭނާއަކީ ބޭންކަށް 42 އަހަރު ޚިދުމަތްކޮށްދެއްވި ބޭފުޅެކެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement